ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކަރްއިމްއިން ރާއްޖޭގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

އދއިން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން: ފޮޓޯ/ ޔޫއެން
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ އޮފީސް އޮން ޑްރަގްސް އެންޑް ކަރްއިމް ޔޫއެންއޯޑީސީ އިން ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި (އެންސީޓީސީ) ގުޅިގެން ވޯކް ޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ޔޫއެންއޯޑީސީން ހިއްސާކޮށްފައިވާގޮތުން އެންސީޓީސީ އާއި ގުޅިގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވަނީ ޖަޕާނު ސަރުކާރުގެ ފަނޑު މެދުވެރިކޮށް ރާއްޖޭގައި ކުރެވޭ ފްރޭމްވޯކް މަސައްކަތެއްކަމަށްވާ “ޕްރޮޖެކްޓް ފޯ އެންހޭންސްމެންޓް އޮފް އެބިލިޓީ އިން މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ” މަޝްރޫޢުގެ ދަށުންނެވެ. އަދި މި މަސައްކަތްތަކުގެ އަމާޒަކީ ރާއްޖޭގެ ސަރުކާރު މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް ފަދަ ތަންތަނުގެ ދެމެދު ދެމެހެއްޓިނިވި ގޮތެއްގެ މަތިން ގުޅުމާއި އިތުބާރު ގާއިމުކުރުމށް މަގުފަހިކުރުންކަމަށްވެސް ބުނެފައިވެއެވެ.

އދ އިން ހިއްސާކޮށްފައިވާގޮތުން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ކޮމިއުނިޓީ ލީޑަރުންނާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މައްޗަށް ބާރުއަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ. މި ބައްދަލުވުން ހުޅުއްވައިދެއްވީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަންކަމަށާއި އެންސީޓީސީގެ ޑިރެކްޓަރުގެ އިތުރުން ޔޫއެންއޯޑީސީގެ ސައުތު އޭޝިއާ ސަރަހައްދުގެ މަންދޫބުވެސް ހިމެނިވަޑައިގެންނެވިކަމަށް ބުނެފައިވާއިރު ބައިވެރިންވަނީ ހަރުކަށި ފިކުރުގެ މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: