ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާ އެމްބަސީގެ އިސް މަގާމަކަށް، ޔާމީން ދޫކޮށް އައްބާސް ސަރުކާރަށް!

އައްބާސް އާދިލް ރިޒާ: ފޮޓޯ - ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މައްސަލަތަކެއް ޖެހި، އެންމެ ފުރަތަމަ އެމަނިކުފާނުގެ ދިފާއުގައި ނިކުމެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިއުން އަމާޒު ކުރި އައްބާސް އާދިލް ރިޒާ ސަރުކާރާ ގުޅިއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ވެސް ކުރެއްވުމުގެ ކުރިން ރައީސް ޔާމީނާ، ކޮންގްރެސް ކޯލިޝަންގެ މައްސަލަތައް ޖެހުނުކަން މީޑިއާތަކަށް އޮތީ އަންދާޒާ ކުރެވިފަ އެވެ. ހުވާ ކުރެއްވި ފަހުން ކުއްލިއަކަށް ރައީސް ޔާމީންގެ ކޮމިޓީއެއްކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވެސް ހުންނެވި އެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި އައްބާސް ވަނީ މިއީ ރައްޔިތުން ރައީސް ޔާމީނަށްޓަކައި ގެނައި ވެރިކަމެއްކަމަށާއި ރައީސް މުއިއްޒަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ނޫންކަމަށް ވެސް ވިދާޅުވެފަ އެވެ.

އެރޭ އައްބާސް ވަނީ ޕީޕީއެމްގެ ސްޕޯކްސްޕާސަން ކަމުން ހީނާ ވަލީދު އިސްތިއުފާ ދީފައިވާކަމަށާއި ދެން މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ވެސް އޭނާކަމަށް ވިދާޅުވެފަ އެވެ. އަދި ސެކޭޓްރީ ޖެނެރަލްގެ މަސައްކަތް ކުރަން އޭރު އެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އުޒުރުވެރިވާކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ޕްރެސް ނިމުމާއި އެކު ނޫސްވެރިން ކުރި ސުވާލުތަކަށް ހީނާ އާއި ތޮލާލް އެ ވާހަކަތައް ދޮގު ކުރި އެވެ.

ޕާޓީގެ އެތެރޭގެ މައްސަލަތަައް އިތުރަށް ގޯސްވި ސަބަބުތަކުގެ ތެރޭގައި އެ ޕްރެސް ހިމެނޭއިރު އޭގެ ފަހުން ކޮންމެވެސް ވަރަކަށް އޭނާ ހަރަކާތްތަކުން ފެނުނެވެ. އެކަމަކު މިފަހުން އެއްކޮށް މަސައްކަތާ ދުރުގައި ހުންނެވިއިރު، ޕީއެންއެފް ފަހުން ބޭއްވި ބައްދަލުވުމެއްގައި އައްބާސް ބައިވެރި ނުވެ އެވެ.

މެލޭޝިއާގެ އެމްބަސީގެ އިސް މަގާމެއް އައްބާސަށް ދިނުމުން، އޭނާ މިހާރު ވަނީ ރައީސް މުއިއްޒަށް ތާއީދު ކުރައްވައި ސަރުކާރާ ގުޅިފަ އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ސަންގަށް ކަށަވަރުކޮށް ދިން ގޮތުގައި އޭނާއަށް އެމްބަސީގެ މަގާމެއް ދިންތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އައްބަސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ވެސް ކުރި އެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: