ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިތުރު އެއަރޕޯޓު ތަރައްގީކުރާނެ ރަށްތައް ރައީސް ކަނޑައަޅުއްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގައި އިތުރު އެއަރޕޯޓު ތަރައްގީކުރާނެ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

މިސިޔާސަތުގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވައި ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. މި ގަރާރުގައި އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ރައީސް މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.

އަލަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއަރޕޯޓުތަކަކީ:
  1. ހއ. ދިއްދޫ
  2. ށ. ދިގުވެލި
  3. ށ. މިލަންދޫ
  4. ނ. ވިހަފަރު
  5. ރ. ފައިނު
  6. އއ. މަތިވެރި
  7. ފ. ނިލަންދޫ
  8. ގއ. މާޅެންދޫ
  9. ތ. ގުރައިދޫ
  10. ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް (ހައްދުންމަތިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި)

ދިވެހިރާއްޖޭހެ 9 ސަރަހައްދެއްގައި އެއަރޕޯޓް ތަރައްގީކުރުމަށްޓަކައި އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދުގެ ގޮތުގައި ރައީސް ނިންމަވާފައިވަނީ 5000000 ޔޫއެސް ޑޮލަރެވެ.

މަސައްކަތް ފަށައިފައިވާ އެއަރޕޯޓުތަކާއި އެތަންތަން ތަރައްގީކުރުމަށް ހަރަދު ކުރެވޭނެ އަދަދު ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ބ. ތުޅާދޫ، ށ. ބިލެތްފަހިގެ އިތުރުން ތ. ވިލުފުށީ އެއަރޕޯޓުގެ މަޝްރޫއު ނިންމުމަށް މަދުވެގެން 4000000 ޑޮލަރު ހަރަދު ކުރުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ގދ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަދި ގއ. ވިލނގިލީގައި އިންޓަރނޭޝަަނަލް އެއަރޕޯޓެއް ގާއިމްކުރުމަށް ނިންމާފައިވާއިރު އެމަޝްރޫއުއަށް ކަނޑައަޅައިފައިވަނީ 5000000 ޔޫއެސް ޑޮލަރެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ފުނަދޫ އެއަރޕޯޓާއި، ދަރަވަންދޫ އެއަރޕޯޓާއި، ކުޅުދުއްފުށީ އެއަރޕޯޓާއި، ފުވައްމުލަކު އެއަރޕޯޓާއި އަދި މާވަރުލު އެއަރޕޯޓަށް ހަރަދުކުރުމަށް ނިންމާފައިވަނީ 4000000 ޑޮލަރެވެ.

މީގެ އިތުރުން އައްސޭރި ޓުއަރިޒަމް ލ. ގަމުގަ އާއި އައްޑޫ ސިޓީގައި ހިންގުމަށް ނިންމާފައިވާއިރު ލ. ގަމަށް 7000000 ޑޮލަރު އަދި އައްޑޫސިޓީއަށް 10000000 ޑޮލަރު ވަނީ ކަނޑައަޅުއްވާފައެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 58%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: