ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ ޕާސްޕޯސްޓްގެ ހިދުމަތް އެ ސިޓިތަކުން ލިބޭނެ ގޮތް ހެއްދެވުމަށްޓަކައި އިމިގްރޭޝަންއިން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުވައްޒަފުން ނެގުމުގެ ކަންތައްތަކާއި އަދި ޕާސްޕޯޓް ސެޓަޕް ހެދުމުގެ ކަންކަން ކައުންސިލްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ޝައްމާން ވިދާޅުވިއެވެ.

މިކަމުގެ މައިގަނޑު މަގްސަދަކީ އާއްމުންނަށް މިކަމުގައި ލުއި ފަސޭހަތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ޝައްމާން ވިދާޅުވިއެވެ. ޝައްމާން ވިދާޅުވީ މާލެ އައިސް ޕާސްޕޯޓު ނެގުމުގެ މަސައްކަތައްދާ ހަރަދު ދިރާސާކޮށްފައިވާކަމަށެވެ. މަހެއްގެ މައްޗަށް 1200 އެއްހާ މީހުން މާލެ އައިސް ޕާސްޕޯޓް ހެއްދުމުގެ ކަންކަން ކުރާ ކަމަށާއި އެކަމަށް ގިނަ ހަރަދުތައްދާކަމަށެވެ.

ޝައްމާން ވިދާޅުވީ ޕާސްޕޯޓް ހައްދަން މާލެ އައުމަށް ނަގާ ޓިކެޓުގެ ހަރަދާއި، ކެއުމާއި އަދިވެސް އެހެނިހެން ހުރުމުގެ ހަރަދުތައް ފަދަ ކަންކަމަށް ޕާސްޕޯޓް ހެއްދުމަށްދާ ހަރަދަށްވުރެ ބޮޑު ހަރަދެއްދާ ކަމަށެވެ. އެހެންކަމުން ރައީސް މިގޮތަށް ނިންމެވުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ ޕާސްޕޯޓް ހައްދަން މާލެ އަންނަ މީހުން 5000 – 6000 އާއި ދެމެދުގެ އަދަދަކަށް ހަރަދު ކުރާކަމަށެވެ. އެހެންކަމުން އަހަރެއްގެ މައްޗަށަ ބަލާއިރު އާންމުންގެ ޖީބުން 7.7 މިލިއަން ހަރަދުވާކަމަށް ޝައްމާން ފާހަގަކުރެއްވިއެވެ. ޝައްމާން ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތުގެ އޮފީސްތައް ގާއިމް ކުރެވިގެންދާނީ ފިޔަވަހިތަކަކަށް ބާހާލައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: