ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްސާން އިލްތިމާސް ކުރެއްވީ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ހިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވަނީ ސިފައިންނަށް ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައި ދެއްވައި ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ޤާއިމުކޮށްދެއްވެވި ކަމަށް ގައްސާން ވިދާޅުވިއެވެ.

މީގެއިތުރުން ގައްސާން ވިދާޅުވީ އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައި ދެއްވި ދެއްވުމަކީވެސް އެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ދުރު ވިސްނުންފުޅާއި ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއްކަމަށެވެ.

ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވުމާއި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްޕުޅުގެ އިތުރުން ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާކަން ގައްސާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ގައްސާން ވަނީ ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: