ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މެމްބަރުން ވަކިވީ ސަބަބުތަކެއް އޮވެގެން، އެބޭފުޅުން ބޭނުމީ ސަރުކާރަށް އެއްބާރުލުން ދޭން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ވަކިވެ ގިނަ އަދަދެއްގެ މެމްބަރުން ޕީޕީއެމް ޕީއެންސީ އާއި ގުޅުނީ ސަރުކާރަށް އެއްބާރުލުންދޭން ބޭނުންވާތީކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ފަސް އަހަރު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި، މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ. ޕާޓީން ބޭއްވި ބޮޑު ޖަލްސާއެއްގައި ސޮއި ކުރި އެ މެމްބަރުންގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް ކުރާއިރު ޕީއެންސީއާ މެމްބަރުން އެ ވާހަކަ ދޮގު ކުރެ އެވެ.

މެމްބަރުން ޕީއެންސީއަށް ސޮއި ކުރީ މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ގޮތަށް ނުވަތަ އެބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ބޮޑެތި މަގާމުތައް ދޭގޮތަށްކަމަށް ވެސް ތުހުމަތުތައް ކުރެވުނެވެ. އެއީ ޕާޓީއަށް ސޮއި ކުރި މެމްބަރުންގެ ތެރޭގައި، މި ސަރުކާރު އުފެދިގެން އައުމަށް ފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ މެމްބަރުން ހިމެނޭތީ އެވެ. އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު މަޖިލިސް މެމްބަރުންތައް، އެމްޑީޑީޕީ ދޫކޮށް ސަރުކާރާ ގުޅޭނެ ކަމަށެވެ.

13 މެމްބަރުން ކުއްލި ގޮތަކަށް ސަރުކާރާ ގުޅުން އެއީ އާދައިގެ ކަމެއް ނޫންކަމަށް “ސަންގު” އިން ފާހަގަކުރުމުން މި ނޫހަށް ދިން އިންޓަވިއުގައި އެމަނިކުފާޏު ވިދާޅުވީ ސަރުކާރަށް ތާއީދުކުރަން ނިންމެވި މެމްބަރުންވަނީ އެކަން ކުރެއްވި ސަބަބުތައް އެކި ފުރުސަތުތަކުގައި ހާމަކުރައްވާފައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް އެއްބާރުލުން ދިނުމަށް މެމްބަރުން ބޭނުންވާކަމަށެވެ. އަދި މިހާރު އޮތް ޕޮޒިޝަންއިން އެމްޑީޕީ ޒިންމާދާރުކަމާއިއެކު އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާނުކުރާކަމަށްވުމުން އެކަން ކުރެއްވީ ރައްޔިތުންނާއި ގައުމުގެ ހައްގުގައިކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމްޑީޕީއިން ވަކިވި މެމްބަރުން ޕީއެންސީ އާއި ގުޅިފައިވަނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ބޭނުންވާތީކަމަށާއި އެއީ ވަރަށް ރަނގަޅު ހިތްވަރު ގަދަ ނިންމުމެއްކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅުން ބޭނުން ވަނީ ސަރުކާރަށް އެއްބާރުލުން ދެއްވަން، އެހެންވީމަ މިހާރު އޮތް އޮޕޮޒިޝަންއިން އެމްޑީޕީން ޒިންމާރާރުކަމާއި އެކު މަސައްކަތް ނުކުރާތީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރިޔަށް ގެންދާތީ، ސަރުކާރުން ކުރަމުން ގެންދާ ކަންކަމަށް އެއްބާރުލުން ދޭން ބޭނުން ވާތީ އެބޭފުޅުން އަޅުގަނޑުމެންނަށް ގުޅިވަޑައިގަތީ

ރައީސް ވިދާޅުވީ ޕާޓީ ބަދަލުކުރެއްވި މެމްބަރުންނަށް އެކަމަށްޓަކައި މިހާރުވެސް ޝުކުރު އަދާކުރައްވާކަމަށާއި ޒިންމާދާރު އޮޕޮޒިޝަންއެއްގެ ގޮތުގައި ހަރަކާތްތެރިވާ ނަމަ ތިބޭނީ އެމްޑީޕީގައިކަމަށްވެސް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޒިންމާދާރު އޮޕޮޒިޝަންއެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ސަރުކާރުން ރަނގަޅު ކަމެއް ކުރަންޏާ އެއްބާރުލުން ދިނުންކަމަށާއި ގޯސްކޮށް އަމަލުކުރާ ނަމަ އެކަމެއް ރަނގަޅުކުރަން މަސައްކަތްކުރުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޒިންމާދާރުވުމަކީ އެއީކަމަށާއި އެހެންނަމަވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތްތައް ދަނީ އެގޮތަށް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމާއި އަސާސެއް ނެތި އިމްޕީޗުކުރުމަށްވެސް މަސައްކަތްކުރިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަޖެޓު ފާސްކުރުމުގައިވެސް މި ސަރުކާރުގެ ޕޮލިސީތަކަށް ޖާގަ ދީފައިނުވާކަމަށެވެ. އެހެންކަމުން އެއީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ފުރުސަތު ނުދިނުންކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެފަދަ އެތައް ކަމެއް މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: