ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މި ސަރުކާރަށް ފާޑުކިއުން އަމާޒު ކުރަން އެވަރުގެ މުއްދަތެއް އަދި ނުދޭ: މުސްތަފާ

ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން މިސަރުކާރަށް ފާޑުކިއުން އަމާޒު ކުރަން އެވަރުގެ މުއްދަތެއް އަދި ނުދާކަމަށް މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ ވެރިކަން އައިފަހުން އަދި ސަރުކާރަށް ހަޖޫޖަހާ މުއްދަތެއް ނުދާކަމަށެވެ. ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ވެ ވަޑައިގަތް ވައުދުތައް ފުއްދުމަށް މަޖިލިސް ތެރެއިން އެއްބާރުލުން ނުދެއްވާކަމަށް މުސްތަފާ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ހާލަތުގައި ސަރުކާރަށް ފާޑު ވިދާޅުވުމުން އެއީ ރަނގަޅުކަމެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ވެރިކަން ނިމުނު އިރު ދައުލަތުގެ ރިޒާވް ހުސްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ދަރަނި ދުވަހަކުވެސް ރައްޔިތުންގެ ބޮލުގައި ނޭޅޭވަރަށް އޮތްކަމަށެވެ. ހުރިހާ ވެރިކަމެއްގެ ދަރަނި އެކުވެގެން އައިސް ކުރީގެ ސަރުކާރުން އޭގެ ތިންގުނަ އަށް ދަރަނި އަރުވާފައިވާކަމަށް މުސްތފާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހުރިހާ ފައިސާއެއް ހުސްކޮށްފައިވާކަމަށާއި އެފަދައިން އަމަލުކުރުމަށް ފަހު ދެން ސަރުކާރު ހަމަގަށް އެޅުވުމުގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ އެބޭފުޅޫން ހަމަމަގުން ނައްތާލައިފައިވާ ވެރިކަން ހަމަމަގަށް އަޅުވަން މިހާރު މަސައްކަތް ކުރައްވާނަމަ އެއީ ވަރަށް ރަނގަޅުކަމެއް ކަމަށެވެ.

އެހެންނަމަވެސް އެކަން އެބޭފުޅުންނަށް ނުވާނެކަމަށާއި އަދި މިސަރުކާރުން އެކަން ކުރައްވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: