ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މިސްރާބު ހުރީ ރައްޔިތުންނަށް އޮޅުވާލައި ގެއްލުން ދޭން: އަބްދުﷲ

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު، އެ ޕާޓީގެ މިސްރާބު ހުރީ ރައްޔިތުންނަށް އޮޅުވާލައި ކޮރަޕްޝަން ހިންގުމަށްކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަބްދުﷲ ވިދާޅުވީ ދިވެހި ރައްޔިތުން އެމްޑީޕީގެ ސަރުކާރެއް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދިނުމުން ވެސް ސަރުކާރު ހިންގަން ނޭނގުނު ކަމަށެވެ. ފައިސާ ޗާޕުކޮށް އިގްތިސާދު ބޮޑު އަނދަވަޅަކަށް ވައްޓާލިއިރު އެއީ އާދައިގެ ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އެތައް ބޮޑު ކަންބޮޑުވުމެއް ގުޅިފައި އޮތް އިންޑިއާގެ ސިފައިން ތިބި މައްސަލައަށް މަޖިލީހުގެ އެއްވެސް ސަމާލުކަމެއް ނުލިބުނު އިރު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގައި އަސްކަރީ މަރުކަޒުތަކެއް ވެސް ހެދިކަމަށެވެ.

އިންޑިއާގެ ސިފައިންގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ވެސް، އެކަން ދިފާއު ކުރުމަށް މެމްބަރުން ނިކުތުމުން ގައުމުގެ މިނިވަންކަމާއި މެދު އެއްވެސް ފިކުރެއް ނެތްކަން ހާމަވެގެން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮބައިތޯ ރައްޔިތުންގެ މަޖިލިސް.. ސުޕަ މެޖޯރިޓީއެއް އޮވެގެން ޒިންމާދާރު ކުރެވުނު ތޯ… ރާއްޖޭގެ އަސްކަރީ މަރުކަޒުތަކެއް ހެދި.. ރާއްޖޭގައި ސިފައިން ތިބިއިރު، ރައްޔިތުންގެ މަޖިލީހަށް އެ ސިފައިން ވަކި ކުރާކަށް ވެސް ނޭނގުނު.. ސުޕަ މެޖޯރިޓީ އޮވެމެ، ރާއްޖޭގައި ސިފައިން ވަކި ކުރާކަށް ނޭނގުނު

އަބްދުﷲ ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ، ދަރިވަރުންތަކެއްގެ ޓެސްޓު ޕޭޕަރުތައް ޕްރިންޓު ކުރާހާ ފަސޭހަ ކަމަކަމަށް އެމްޑީޕީން ހެދިކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ހަރުދަނާ ކުރެވުނު އެއްވެސް ހިދުމަތެއް ވެސް، އިގްތިސާދާށް ލިބުނު ކުރިއެރުމެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަބްދުﷲ ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމާއި އެކު އެންމެން އެކުގައި ނިކުންނަނީ އެ މައްސަލައެއް ބޭރު ކުރުމަށް ކަމަށެވެ. އެމްޑީޕީއަށް މަޖިލީހާއި، ސަރުކާރު ދީގެން ވެސް ވި އެއްވެސް ފައިދާއެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަނެއްކާވެސް މޮޅެތި ވާހަކަތައް ދެއްކުމުން، މަޖިލިސް ދޭން ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބާ ދިމާކޮށް، ކަޑަޖަހަނީކަމަށް ބުނެ ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދު ކުރާއިރު އަބްދުﷲ ވިދާޅުވީ އެކަން ކުރި އަސްލު ބަޔަކީ އެމްޑީޕީކަމަށެވެ. މިސާލެއްގެ ގޮތުގައި އަބްދުﷲ ދެއްކެވީ ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުއެވެ. އޭނާ ވިދާޅުވީ މިއަދު ކޮމަންޑޫގެ ރައްޔިތުން ވެސް އެއީ އެމްޑީޕީން ދެއްކި ހުވަފަނެއްކަން ގަބޫލު ކުރާކަމަށެވެ.

އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މިސްރާބު ހުރީ ރައްޔިތުންނަށް އޮޅުވާލައި، ކޮރަޕްޝަނުގެ އަމަލުތައް ހިންގަން ކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: