ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގަައި ރަނގަޅު ރިހެބް ސެންޓަރުތައް ގާއިމު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް، މަސްތުވާތަކެތި ބޭނުން ކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު މަރުކަޒުތައް ގާއިމްކުރުމަށްް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ބޮޑު ޖީލެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި، އޭގެއިން ސަލާމަތް ނުވެވިވާއިރު އާންމުންގެ މީހަކު ރައީސާ ސުވާލު ކުރީ އެކަމަށް ގައުމީ ނަޒަރަކުން ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ އެވެ. މަސްތުވާތަކެތީގެ ތަފާތު އެކި ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، އެ ބޭނުން ކުރުމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ ދަރީން ނިކަމެތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބުނީ އެ މީހުން މުޖްތަމައުއަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރެވެން އޮތް މަގަކީ ކޮބައިކަން ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތް ކުރަމުން ދޭތޯ އެވެ.

މިއީ ބެލެނިވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމަކަށް ވާތީ އޭނާ އެދުނީ، އާއިލާތަކަށް ރައީސް ގެނެސްދޭނެ ހައްލަކީ ކޮބައިތޯ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ދިވެހި މުޖްތަމައުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ ވަބާ ކަމަށެވެ. އަދި މި މައްސަލައަކީ އެތައް އަރުތަކެއްވެފައިވާ އެކަށީގެންވާ ހައްލެއް ނުގެނެވި އޮތްކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.

ޒުވާނުން ހިމެނޭހެން، އެކި އުމުރުފުރައިގެ މީހުން ވެސް މަސްތުވާތަކެތި ބޭނުން ކުރާއިރު މީގެ ތެރޭގައި ފަރުވާ ހޯދަން ބޭނުންވާ މީހުން ވެސް އެބަތިބިކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮމިއުނިޓީ ބޭސްޓް ރިހިބިލިޓޭޝަނަކީ މަސްތުވާތަކެތީގެ މައްސަލައިގެ ފަރުވާ ހޯދައި ކުރިޔަށް ދާން އެންމެ މުހިންމު އެއް މަގު ކަމަށެވެ. އަދި ކެބިނެޓްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވި ސިޔާސަތު ކަނޑައަޅާފައިވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް، މަސްތުވާތަކެތި ބޭނުން ކުރާ ކުދިން އަނބުރާ މުޖްތަމައަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު މަރުކަޒުތައް ގާއިމްކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: