ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ!

ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިހަ އަހަރުގެ މެދު ކެނޑުމަކަށްފަހު އޭޝިއާގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްހިއްޖެއެވެ.

ދިވެހިރާއްޖޭގައި މި އަހަރު ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެއްގެ ގޮތުގައި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޭޕްރިލް އިން ފެށިގެން 1 މެއި ގެ ނިޔަލަށެވެ. އޭޝިއަން ކަޕް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާއިރު މި މުބާރާތުގައި އިންޑިއާ އާއި، ލަންކާ، ބަންގްލަދޭޝް، ސިންގަޕޮރ، ނޭޕާލް، ކޮރެއާ، ޖަޕާން، ޔޫއޭއީ، ޕާކިސްތާން، މެލޭޝިއާ އަދި ގަތަރު ހިމެނެއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝިއަލް ސެންޓަރުގައެވެ.

މި މުބާރަތް ދެ ޑިވިޝަންނަކަށް ކުރިއަށްދާއިރު މުބާރާތުގައި ފަސް ކެޓެގަރީއެއް ވަނީ ހިމަނާފައެވެ. މުބާރާތް ފެށުމުގެ އެއް ދުވަސް ކުރިން މެންބަރު ގައުމުތަކުގެ މެދުގައި ހާއްސަ ބައްދަލުވެމެއް މާލޭގައި ބާއްވާނެ ކަމަށާއި، އެ ބައްދަލުވުމުގައި ކުރިއަށް އޮތް ފަސް އަހަރު މުބާރާތް ބާއްވާނެ ގައުމުތައް ކަނޑައެޅިގެންދާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ މައުލޫމާތު ދީފާއެވެ.

ސަންގު ޓީވީ އިން ސުވާލު ކުރުމުން ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވިދާޅުވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހޯސްޓު ކުރަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު ކަމަށެވެ. އަދި މި މުބާރާތަކީ މީގެ ތިން އަހަރު ކުރިން ފެށި މަސައްކަތެއްކަމަށެވެ.

މި މުބާރާތަކީ މީ މީގެ ތިން އަހަރު ކުރިން އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން އާއި އެކު އަޅުގަނޑު ފެށި މަސައްކަތުގެ ފޮނި ނަތީޖާ.. އިރާދާކުރެއްވިއްޔާ އޭޝިއަން ކެރަމް ކޮންފެޑެރޭޝަން އަޅުގަނޑު ނަގާކޮޅަށް ޖަހާނަން.. މިއީ އޭގެ ފެށުން

މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ ކުރުމުއްދަތެއްގެ ތެރޭގައި މުބާރާތް ބޭއްވުމަށް ކެރަމް އެސޯސިއޭޝަނުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މި ބާރާތުގައި އެ މިނިސްޓްރީގެ އެއްބާރުލުން ހުރިހާ ގޮތަކުންވެސް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ރާފިއު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: