ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓުބިލް އާއްމު މަހެއްގައި ހުންނަ މިންވަރުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާންމަހު ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި އާއްމު މަހެއްގައި ހުންނަ މިންވަރަށް ރަމަޟާން މަހުގެ ފެންބިލާއި ކަރަންޓުބިލް ހުންނާނެ ގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް މި ރަމަޟާންމަހު ކަރަންޓު ބިލާއި ފެން ބިލް ފޮނުވާނީ އާންމު މަސްތަކުގެ އެވްރެޖަށްވުރެ ބިލް އިތުރުނުވާނެގޮތުގެ މަތިންނެވެ. މިގޮތުން ކަސްޓަމަރުންގެ އެވްރެޖް ބިލްގެގޮތުގައި ކަނޑައަޅާފައި ވަނީ އާންމުކޮށް އަހަރުގެ ބިލްތައް ބޮޑުވެގެންދާ ފެބްރުއަރީ، މާރިޗު، އޭޕްރިލް މި ތިން މަހުގެ ބިލްތައް ނުހިމަނާ ތައްޔާރުކޮށްފައިވާ 2023 ވަނަ އަހަރުގެ އެވްރެޖް ބިލާ އެއްގޮތަށެވެ.

ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާންމަހުގެ ބިލް އެވްރެޖަށްވުރެ މަތިވާނަމަ ކަސްޓަމަރުން ދައްކަވާނީ އެވްރެޖްބިލަށް އަރާ މިންވަރެވެ. އަދި ރަމަޟާންމަހުގެބިލް މި ދެންނެވި އެވްރެޖް ބިލަށްވުރެ ކުޑަވާނަމަ ކަސްޓަމަރުން ދައްކަވާނީ ރަމްޟާންމަހުގެ ބިލަށް އެރި މިންވަރެވެ.

ޑޮމެސްޓިކް ކަސްޓަމަރުންގެ ރަމަޟާން މަހުގެ ބިލަށް އަރާ އަދަދާއި، 2023 ވަނަ އަހަރުގެ އެވްރެޖް ބިލްގެ މިންވަރާ، މި އެވްރެޖަށްވުރެ ރަމަޟާން މަހުގެ ބިލް ބޮޑުވާނަމަ، ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރައްވާނެއެވެ. އަދި މިހާތަނަށް ރަމަޟާން މަހުގެ ބިލް ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާޙު ކުރުމަށްފަހު އެސް.އެމް.އެސް ކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: