ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ބޭފުޅުންގެ ވިސްނުމާއި ވާހަކަ ހުރި ގޮތުން ގައުމަށް ހަމަޖެހުން ބޭނުން ނުވާކަން އެނގޭ: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަސްރަހު ހަލަބޮލިކޮށް ބައެއް ބޭފުޅުން ބޭނުން ވަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ މާލެ ދާއިރާތަކުގެ ކެންޑިޑޭޓުންނާއި އެކު ރޭ ފޭސް ދޭއްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބައެއް ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ރާއްޖެއަށް ހަމަޖެހުމެއް އައުމަށް އެދޭހެން ހީނުވާ ކަމަށެވެ. އުފެދޭ އައު ސަރުކާރާ އެކު، ދެން އުފެދިގެން އަންނަނީ ބަދަލު ހިފުމުގެ ރޫހެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރޭގައި ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުން ޖަލަށް ލުމާއި، ސިޔާސީ ބޭނުންތަކުގައި އެކި މީހުންނަށް ތުހުމަތުކޮށް ފުލުހަށް ގެންދިއުން އާދައަކަށްވެފައިވާ ކަމަށެވެ.

މިއީ ނައްތާލަން ޖެހޭ ވިސްނުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ދެއްކެވި ވާހަކައަކީ ގައުމަށް ހަމަޖެހުން ގެންނަން ޖެހޭ ކަމަށެވެ. އަދި އެގޮތުގައި ގައުމު ދެމެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހަމަޖެހުން ގެނައުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، ބައެއް ބޭފުޅުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ އެއާ ހިލާފަށްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބައެއް މީހުން އަމަލުތައް ހުރި ގޮތުން ގައުމަށް ހަމަޖެހުން ބޭނުން ނުވާކަން ސާފުކަމަށާއި އެފަދަ ބައެއްގެ އަތް މައްޗަށް މަޖިލިސް ދޫކޮށްގެން ނުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވެރިކަންތައް ބަދަލުވެގެން އަންނަ ކޮންމެ ހިނދެއްގައި ބަދަލުހިފުމުގެ ރޫހެއްގެ މަތީގައު، ބަދަލު ހިފުމުގެ ނޭވާ އެންޑިން ސައިކަލްއެއްގެ ތެރޭ… ކުރިން ތިބި މީހުން ކުރި ކަންކަން ބަދަލު ކުރުމާ… ވެރިކަން ކުރި މީހުން ޖަލަށް ލުމާ.. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ސިޔާސީ ބަޔަކަށް ވީތީ ހިފައި ހައްޔަރު ކުރުމާ.. މިފަދަ ވިޝަން ނުބައި އޮއިވަރެއްގެ ތެރޭގައި.. މި ގައުމު ދިޔައީ… އެނބުރެމުން

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދެއް ވަނީ އިހުލާސްތެރިކަމާއި އެކު އެ ވައުދެއް ފުއްދުމުގެ ނިޔަތުގައިކަމަށާއި ގައުމަށް ހަމަޖެހުން ގެނައުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރި އިތުބާރު ދަމަހައްޓައި، މަޖިލިސް އިންތިހާބު ކާމިޔާބުކޮށްދޭން އެދިވަޑައިގަތެވެ.

ވަކި ބައެއްގެ ނަން ވިދާޅުނުވެ، ރައީސް މުއިއްޒު ވަނީ ބައެއް ބޭފުޅުންނަށް ސިޔާސީ ވާހަކަތައް ދެއްކުމަށް މައިކެއް ލިބޭ ވަގުތުތަކުގައި ދައްކަވާ ވާހަކައިން އެބޭފުޅުންގެ ނިޔަތް އެނގޭ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ އެބޭފުޅުންގެ ފަރާތުން ލިބެނީ ގައުމަށް ހަމަޖެހުން ގެނައުމަށް ބޭނުން ނުވާކަމުގެ އިހުސާސްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: