ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މަކަރުވެރިކަމާއި ހިޔާނާތްތެރިކަމަށް ނޫނެކޭ ބުނުމަކީ އަހުލާގީ ވާޖިބެއް: ޖަމީލު

ރައީސް މުއިއްޒު އަދި ޑރ ޖަމީލުގެ އިތުރު ޑރ ވަހީދު : ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއިމެދު ރައީސް ޑރ މުހައްމަދު މުއިއްޒު އަމަލުކުރައްވަމުންދާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނަށް އިތުބާރު ނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އާއިމެދު ރައީސް މުއިއްޒު އަމަލުކުރައްވަމުންދަނީ ބޭއިންސާފުވެރި ގޮތެއްގެ މަތިންކަމަށް ސިފަކޮށް ހުދު އެމަނިކުފާނުވެސް އެކި ފުރުސަތުތަކުގައި ވާހަކަދައްކަވާފައިވާއިރު، ޑރ ޖަމީލުވަނީ އެ މައްސަލައާއި ގުޅުވައި އެކްސްއެއް ކުރައްވާފައެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތައް ހޭދަކުރާއިރު ރައީސް ޔާމީނަށް ބޭއިންސާފުން ކުރި ހުކުމްގެ އިސްތިއުނާފު ހިފަހައްޓާފައިވާ އަނިޔާވެރި ފަރާތްތަކުގެ ކިބައިން އެމަނިކުފާނަށް ސަލާމަތްތެރިކަން ލިބޭތޯ ދުއާކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ، ރައީސް ޔާމީން އަށް ހެޔޮ ގޮތް ވުމަށް އެދި ދުއާކުރެއްވުމުގެ އިތުރުން ރައީސް މުއިއްޒު ދައްކަވާ އެއްވެސް ވާހަކައަކަށް ދިވެހި ރައްޔިތުން ދެން އިތުބާރު ނުކުރެއްވުމަށްވެސް އިލްތިމާސްކުރައްވާކަމަށެވެ. އަދި ކޮންމެ މީހަކު ކިތަންމެ ވަރަކަށް މަކަރުވެރި ރޭވުންތަކެއް ރޭވިނަމަވެސް މާތްﷲ ގެ ނިންމެވުން މާ މޮޅުވާނެކަން ގުރުއާންގެ އާޔަތްތަކުން ހެކިދޭކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބު ކާމިޔާބުކުރުމުގެ ނިޔަތުގައި މި ރަމަޟާން މަހުގައިވެސް ރައީސް މުއިއްޒުވަނީ ރައީސް ޔާމީންގެ މައްޗަށް ވަމުންދާ އަނިޔާތައް ދަމަހައްޓާފައިކަމަށާއި ރާއްޖޭގެ ހުރިހާ ކަންކޮޅު އެމަނިކުފާނުގެ ފަރާތުން ފެނިގެންދާ ހިޔާނާތްތެރިކަމާއި މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ސިފަތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާކުރަންޖެހޭ އަހުލާގީ ވާޖިބެއްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: