ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ސްކޫލުގައި ބުލީ ކުރުމުގެ 26 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބު / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާ ހީސާބަށް ސްކޫލް މާހައުލުގައި ބުލީ ކުރުމުގެ 26 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް ބުލީ ކޮށް އަނިޔާ ކުރި މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ކަމާބެހޭ މުވައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީއު ވިދާޅުވީ މި ތައުލީމީ ނިޒާމަކީ އެތައް ހާސް ބައެއްގެ މައްޗަށް އެކުލެވޭ ނިޒާމެއް ކަމަށެވެ. މިހާ ހިސާބަށް 26 ބުލީގެ ކޭސް ނޯޓު ކޮށްފައިވާއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަަމަށް މިނިސްޓަޜ ފާހަގަކުރެއްވިއެވެ. 

ޝަފީއު ވިދާޅުވީ މިމައްސަލައަކީ އެކަށީގެންވާ ފިޔަވަޅެއް އަޅައިފިނަމަ ހައްލުކުރެވޭނެ މައްސަލައެއް ކަމަށެވެ. އެޑިއުކޭޝަން މިނސްޓްރީގެ އެކިއެކި ލެވެލްގައި ޓީޗަރުންނަށް ހިންގާ އެކި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓު ހަރަކާތްތަކުގައާއި، ބެލެނިވެރިންނަށް ހިންގާ އަހުލުވެރިކުރުމުގެ ޕްރޮގެރާމްގައާއި އަދި ދަރިވަރުންނަށް ހިންގާ އެކި ސިވިކް ޕްރޮގްރާމް ތަކުގައިވެސް ކުދިންގެ ރުޅި ކޮންޓްރޯލަ ކުރުމާއި، ބުލީ ކުރުމުން ދުރު ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން ދާކަމަށް ޝާފިއު ވިދާޅުވިއެވެ.

“މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު ގޮންޖެހުމަކަށް މިފަދަ މައްސަލަތައް ހައްލު ކުރުމުގައި މިހާރު ދިމާވެފައިވަނީ ސްކޫލުތަކުގެ ކައުންސިލަރުން ނެތުން. 225 އަކަށް ސަރުޚާރުގެ ސްކޫލު ހުރި އިރުގައި އަޅުގަނޑު މެންނަށް ގާތްގަނޑަކަށް 51 ސްކޫލުގައި ކައުންސިލަރުން މިތިބީ”

ޝަފީއު ވިދާޅުވީ ކަމެއް ދިމާވި ނަމަވެސް އަދި ދެނެގަނެވުނުނަމަވެސް ހަގީގަތުގައި ދައުލަތުގެ ފަރާތުން ތައުލީމީ ނިޒާމުގެ ތެރެއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެހީތެރިކަމާއި އަޅާލުމާއި ދިނުމުގައި ބައެއް ފަހަރު ގޮންޖެހުންތަކާއި ދިމާވާކަމަށެވެ. ޝަފީއު ވިދާޅުވީ މި މައްސަލަ ދެނެގަނެފައިވާ ކަމަށާއި އަދި މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ރައީސް މުއިއްޒުގެ ލަފާފުޅާއި އެއްގޮތަށް ޓީޗަރުން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގަރާމްގެ ތެރެއިން ސެން ޓީޗަރުންނާއި، ކައުންސިލަރުންނާއި އަދި ރާއްޖެއަށް ބޭނުންވެފައި ގިނަ އަދެއްގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ދަނީ ވިލަރެސް ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: