ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި އެންމެ ރަނގަޅުގޮތަކީ ކޮބައިކަން މުއައްސަސާތަކަށް ދެނެގަނެވިފައި ނުވޭ: ހަމީދު

ރިޓަޔަޑް ސީޕީ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ މައްސަލަތައް ބަލަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން މުއައްސަސާތަކަށް ދެނެގަނެވިފައި ނުވާކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި ދައުލަތުގެ އެކި ފަންތީގެ ބޭފުލުން އެކަމާ ވަކާލާތު ކޮށް ސޯޝައަލް މީޑިއާގައި ދަނީ އަޑު އުފުލަމުންނެއެވެ. އެގޮތުން ޕްރޮސިކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓަކަށް ތާއިދު ކުރައްވާ ހަމީދު ވިދާޅުވީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށް ކުރުމުކީ އެކަމަށް އޮތް ހައްލު ނޫން ކަމަށެވެ.

ހަމީދު ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަށް މިހާރު އޮތް ހައްލުތަކަށްވުރެ ފުރިހަމަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. އަދި މި ކަމަކީ ބަލަންޖެހޭ ކަމެއް ކަމަށާއި މިފަދަ ކަންކަމަށް އަވަސް ހައްލެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ޝަމީމް ވިދާޅުވީ ގާނޫނީ ނިޒާމު ކަނޑައެޅިފައިވާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށެވެ. ނަމަވެސް އޭގެ މާނާއަކީ އެއުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާ އާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅުން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން ޝަމީމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި އެކުދިންނަކީ އަދަބުދޭ ބައެއް ނޫން ކަމަށެވެ. ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ކުޑަ ކުރުމަކީ އެކަމަށް އޮތް ހައްލު ނޫންކަމަށާއި އުމުރު ހަގުކޮށްގެން ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށް ލައިފިނަމަ، އެ އެފެއްދެނީ ކުށްވެރިންގެ ޖީލެއް ކަަމަށް ޝަމީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: