ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހު 4 އިން 6 އަކަށް އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއް!

މަޖީދީ މަގު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޠުރު އީދު ދުވަހު 16:00 އިން 18:00 އަކަށް އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްގެ ގޮތުގައި ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުން 28 މާރިޗު 2024 ގައި ވަނީ ނިންމާފައިވާކަމަށެވެ.

އެ ވަގުތު އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ އެ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން އެފަދަ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް 8 އެޕްރީލް އަދި 9 އެޕްރީލް މި ދެ ދުވަހު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ދޫކުރާނެ ވާހަކަކަމަށް ކައުންސިލުން ބުނިއެވެ.

އެހެންކަމުން، ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި ޢީދު ދުވަހު ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްކަމަށް އިއުލާނުގައިވެއެެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: