ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުރު އީދު ދުވަހު ބިރުވެރި ފިލްމު “ކަޅަކި” މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮލިމްޕަސް ސިނަމާގައި އެޅުވި ބިރުވެރި ފިލްމު “ކަޅަކި” ފިތުރު އީދު ދުވަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ބަލާލުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެގެން ދާނެ ކަމެކެވެ. މަގްބޫލު ފިލްމީތަރި ނިއުމާ މުޙައްމަދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުވަނީ ސިނަމާތަކުން މި ފިލްމު ބެލި ގިނަބަޔަކަށް ކަމުގޮއްސައެވެ. ނިއުމާ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ކަޅަކިއަކީ ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޭނާ އަމިއްލައަށް ސްކްރީންޕްލޭ ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދައްކައިދެނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. ރައްޓެހިންތަކެއް ދަތުރު ދިއުމަށްފަހު މަޑުކޮށްގެން ތިބޭ ގޭގައި ހިނގާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. ޓްރެއިލާ އިން ފެންނަ ގޮތުން ފިލްމުގެ ތަރިއެއް ޖިންނި އަވަލައިގެން އުޅޭ މަންޒަރާއި، އަދިވެސް އެހެނިހެން ބިރުވެރި މަންޒަރުތަކެއް މި ފިލްމުގައިވަނީ ގެނެސްދީފައެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސްރީލަންކާގައެވެ.

މި ފިލްމަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ގިނަ ތަރިންތަކެއް އެކްޓުކޮށްފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި އަލީ ސީޒަން، ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު، އާމިނަތު ރިޝްފާ، ވާޝިޔާ މުހައްމަދު އަދި އާމިނަތު ލަހުފާ (ލާރކް) ހިމެނެއެވެ. މި ފިލްމު ސިނަމާގައި ބެލި ފަރާތްތަކުންވަނީ ވާޝިޔާ މުހައްމަދު މި ފިލްމުގައި ކުޅެފައިވާ ރޯލަށާއި އޭނާގެ އެކްޓިންގްއަށް ތައުރީފު ކޮށްފައެވެ. ގިނަބަޔަކު ބުނާގޮތުގައި މިއީ އަރަމުން އަންނަ ތަރިއެއްގެ ފަރާތުން ފެނުނު އެންމެ މޮޅު އެންމެ ފުރިހަމަ އެކްޓިންގްއެވެ.

މީޑިއާނެޓު އޮރިޖިނަލްސްގެ ބެނާގެ ދަށުން ވީޑިއޯކްލަބުންވަނީ މީގެކުރިންވެސް ހޮރޯރ ނުވަތަ ބިރުވެރި ޖަންރަރގެ ސީރީޒްއެއް ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. އެ ސީރީޒް “ނަފްސު” ގިނަބަޔަކަށްވަނީ ކަމުގޮއްސައެވެ. މިއީ އަނެއްކާވެސް ވީޑިއޯކްލަބް ލައިބްރަރީގެ ހޮރޯރ ޖަންރަރ އިތުރަށް މުއްސަނދިކުރުވާނެ ފިލްމެކެވެ. ވީޑިއޯކްލަބުން އަންނަނީ ފަހުގެ ގިނަ ފިލްމުތަކެއް އޮލިމްޕަސް ސްކްރީނަށްފަހު ދިވެހިންނާއި ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދެމުންނެވެ. މި އަހަރު އެ ޕްލެޓްފޯމަށް ރިލީޒްކުރި އެހެން ފިލްމުތަކަށް ބަލާއިރު ލޯބީގެ ފިލްމު “ނޮވެމްބަރ” އަދި ތްރިލަރ ފިލްމު “ނީނާ” ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: