ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާދަ އެންޓަޓެއިންމަންޓް އިން ބާއްވާ “މަގޭ އީދު” މިފަހަރު ތަފާތު ގޮތަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސާދަ އެންޓަޓެއިންމަންޓުގެ ފަރާތުން މިފަހަރުގެ ފިތުރު އީދު ކުލަ ގަދަކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ފިތުރު އީދު ދުވަހުގެ މުނާސަބާގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހީންގެ އާދަކާދަ އާއި ސަގާފަތް ދައްކުވައިދޭ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން ވަނީ ނިންމާފައެވެ.

އެގޮތުން ސާދަ އެންޓަޓެއިންމަންޓް ގެ ފަރާތުން ބުނެފައިވަނީ އީދު ފާހަގަކުރުމަށްޓަކައި ހަރަކާތްތައް އެދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން ކުރިއަށްގެންދާނެ ކަމަށެވެ.

އީދު ނަމާދަށްފަހު 9:30ގައި ރަސްފަންނު ސަރަހައްދުގައި ފެނުގެ ކުޅިވަރު ފެށިގެންދާނެ ކަމަށާއި އެހެން ނަމަވެސް މި ކުޅިވަރު ދާނީ ސަގާފީގޮތުން މިކަން ކުރާ ގޮތަށްވުރެ ތަފާތުކޮށް ކަމަށް ސާދަ އެންޓަޓެއިންމަންޓް ގެ ފަރާތުން ސައިފް މައުލޫމާތު ދެއްވިއެވެ.

ސައިފް ވިދާޅުވީ ފެންކުޅީގެ ހަރަކާތް ދާނީ އިޖުތިމާއީ މިންގަނޑުތަކަށް ބަލައިގެން ކަމަށާއި، އަދި ވަނަ ލިބޭ ގޮތަށް އާންމުނަށް މި ހަރާކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ސައިފް ވިދާޅުވީ މި އިވެންޓު ތަކުގައި ބައިވެރިވެވޭނީ 195 ރުފިޔާއަށް ވިއްކާ ޓީޝާޓް ތަކެއް ގަނެގެން ކަމަށެވެ.

ހަވީރު 15:30 ގައި އޮލިމްޕަސް ކުރިމަތިން މާލި އަދި ބޮޑުބެރު ފެށިގެން ދާނެ ކަމަށާއި، އެ ކުޅިވަރު ނިމޭނީ އާޓިފިޝިއަލް ބީޗު ސަރަހައްދަށް ކަމަށް ސައިފް ވިދާޅުވިއެވެ. ބޮޑު މަހާއި މާލި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަން ކުރިއަށްގެންދާނީ ސަގާފަތާއި އާދަކާދައާއި އެއްގޮތަށް ކަމަށް ސައިފް ވިދާޅުވިއެވެ.

މީގެއިތުރުން އީދު ދުވަހުގެ ރޭގަނޑު މިއުޒިކްޝޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި މިއުސިކްޝޯ ފެށުމަށް ހަމަޖެހިފައި ވަނީ 8:30 ގައެވެ. އަދި އޭގެ ފަހުން ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން ވަނީ ބުނެފައެވެ. ހަވާ އެރުވުން އޮންނާނީ 10:00 ގައެވެ.

ފަހުގެ ތާރީހެއްގައި ފިރުތު އީދު ނުވަތަ ކުޑަ އީދު މިހާ ކުލަގަދަކޮށް މާލޭގައި ފާހަގަކުރާ މީ ފުރަތަމަ ފަހަރެވެ. އެގޮތުން ތަފާތުއެކި ކުލަކުލައިގެ ބޮކިތަކުން މުޅި މާލެ ދިއްލާލެވިގެންދާއިރު ޕާކުތަކާއި މައިދާންތައް ދިއްލާލެވޭނެއެވެ.

ސާދަ އެންޓަޓެއިންމެންޓުގެ ފަރާތުން އެދެނީ މިފަހަރުގެ ކުޑަ އީދު ކުދި ބޮޑު އެންމެން އެކުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އެހެންކަމުން ދުވާލާއި ރޭގަނޑުގެ އެކިއެކި ކުޅިވަރުތަކުގައި ބައިވެރިވެ އީދުގެ އުފާ އެންމެން އެކުގައި ފާޅުކުރުމަށް ސަދަ އެންޓަޓެއިންމެންޓުގެ ފަރާތުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: