ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދިފައި ނުވާތީ ފުލުހުން އެ ޖަލްސާ ހުއްޓުވައިފި!

ޕީއެންއެފް ޖަލްސާ ބާއްވަން އުޅެނިކޮށް ފުލުހުން ސްކޫލު ގޭޓް ބަންދުކުރުން -- ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާ ފާޓީ ޕީޕަލްސް ނެޝަނަލް ފުރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނިކޮށް އެ ޖަލްސާ ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުންގެ ޗީފް ސްޕޯކްސް ޕާސަން އަހުމަދު ޝިފާން އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލްގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ، އަދި ހުއްދަ ދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެދިފައިވާކަމަށެވެ. ޝިފާން ވިދާޅުވީ އެ ސްކޫލުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެފަދައިން އެދިފައިވާ ކަމަށާއި އަދި އެކަން ތަންފީޒުކުރުމަށް މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

އެހެންކަމުން އެ ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއްވުން ހުޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ފުލުހުން ދަނީ އެޓެންޑް ވަމުން ކަމަށް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ކޮމިއުކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވަނީ ތުހުމަތު ކުރައްވާފައެވެ. މަލީހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތައް ހުއްޓުވުމަށްޓަކައި ސަރުކާރުން އަންގައިގެން ސްޓެލްކޯގެ އެމްޑީ ގިޔާސުއްދީން ސްކޫލު ހޯލަށް ކަރަންޓު ނުދީ ހިފަހައްޓައިފައިވާކަމަށެވެ. މަލީހު ވިދާޅުވީ ރޭ ކަރަންޓުދޭން އައި ކުއްޖާވެސް ހުއްޓުވައިފައި ވާކަމަށެވެ.

މަލީހު ވިދާޅުވީ މިރޭގެ ޕީއެންއެފް ޖަލްސާ ކަނު އަނދިރީގައި ބާއްވަން ޖެހުނު ނަމަވެސް ބާއްވާނެ ކަމަށެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ކެންސަލް ކުރުމަށް ފަހު މިރޭ ބައްދަލުވުން އޮންނާނެކަމަށް އަނެއްކާވެސް އެ ޕާޓީގެ ފަރާތުން ވަނީ އިއުލާނުކޮށްފައިވާއިރު މިރޭގެ ޖަލްސާއަށް އެޓެންޑު ވަމުންދާ ކަމަށް ފުލުހުންގެ ފަރާތުން ވަނީ މައުލުމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: