ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުއަށް ވެރިކަން ދެއްވާފައި ވެރިކަން ކުރުމުގެ މަގުފަހިކޮށްދޭން ޖެހޭ: އަބްދުއްރަހީމް

ސޕެޝިއަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބދުއްﷲ ---- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ދެއްވުމަށް ފަހު އެމަނިކުފާނަށް ވެރިކަން ކުރުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނުގެ ސްޕެޝިއަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ލ.ފޮނަދޫގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ހައްދުމައްޗަކީ ތަަރައްގީގެ ފުރުސަތު ވަރަށް ބޮޑު އަތޮޅެއް ކަމަށް ކޮންމެ ސަރުކާރަކުން ބުނަމުުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަން އޮންނަނީ ދުލުން ބުނެވޭ ބަހެއްގެގޮތުގައި ނުވަތަ ކަރުދާސް ގަނޑެއްގައި އޮންނަ ލިޔުމެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ކޮންމެ ސަރުކާރެއް ނިމިގެންދާއިރުވެސް ހައްދުމަތިން އެބުނާ ފުރުސަތުތައް ނުފެންނަކަމަށް އަބަދުއްރަހީމް ވިދާޅުވިއެވެ. ހައަދުއްމަތި މާދާމާގެ ލޮލުން ބަލާއިރު ފެނިގެންދަނީ ދިވެހިރާއްޖޭގެ އެންމެ ތަރައްގީވެފައި އޮތް އަތޮޅުގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ފެނިގެންދަނީ އިްގތިސާދީ ގޮތުން އެންމެ ކުރިއަރައިގެން ގޮސްފައިވާ އަތޮޅުގެ ގޮތުގައި ނުވަތަ ތަރައްީގެ ގޮތުން އެންމެ އުސް ކުރި ބޯއްޓަށް ދަތުރުކޮށްފައިވާ އަތޮޅުގެ ގޮތުގައި ކަމަށެވެ.

“އަޅުގަނޑު ޝައްކެއް ނުކުރަން ރައީސް މުއިއްޒު ވެވަޑައިގަންނަވާ އެއްވެސް ވައުދެއް ފުއްދާނެކަމާ މެދަކު. އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެކު ސާބިތުވެގެން މިހުރީ ދިވެހީންގެ ދިވެހިރާއްޖެ އެއް ބިނާ ކުރުމުގެ މަތިވެރި ނިޔަތް އެމަނިކުފާނުގެ އޮތް ކަން އެނގޭތީ. ވައުދެއް ވެވަޑައިގެންފިއްޔާ އެ ވައުދެއް ފުއްދާނެ ކަމުގެ ކަށަވަރުކަން އަޅުގަނޑުމެންނަށް އޮތީތީ. ހަމަހަމަ ކަމާއެކީގެ ދިވެހިރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އޮތީތީ. އަނިޔަވެރިވެ ވަޑައި ނުގަންނަވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އޮތީތީ”

އަބްދުއްރަހީމް ވިދާޅުވީ ކުރައްވާ މަސައްކަތަކީ ދިވެހީންގެ ރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތް ކަމަށާއި މި ރާއްޖޭގައި ހަމަޖެހުން ގާމުކުރުމުގެ މަސައްކަތުގެ އިތުރުން މި ރާއްޖެއަށް ތަރައްގީހޯދުމުގެ މަސައްކަތް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ތިން ކަންތައް ކުރުމަށްތަކައި ބޭނުންވަނި ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

މިދިޔައަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ދިވެހީންގެ ރާއްޖެއަށްދާން ނިންމެވި ކަމަށާއި ހޮއްވަވާ ދެއްވި މާލިމީއަކީ ދިވެހީންގެ ކަނޑުއޮޅިތަކާއި ދިވެހީންގެ ފަރުގިރިތައް ދަންނަ އެކަމަށް ކުޅަދާނެ ގާބިލު މާލިމީ އެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: