ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ައައްޑޫގެ ސިޔާސީ މައިދާން ބަދަލުކުރަންޖެހޭ، އެއްބަޔަކު ހޮވައިގެން އައި ތަރައްގީއެއް ނެތް: އަޒާން

ޕީއެންސީގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު އަޒާން: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ސިޔާސީ ޕްލެޓްފޯރމް ބަދަލުކުރަންޖެހޭކަމަށާއި، އެއްބަޔަކު ހޮވައި އެއްގޮތަކަށް ކަންކަން ކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެކަމަށް ޕީއެންސީގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި އޭނާ ވިދާޅުވީ، ރައީސް ދައްކަވަމުންދަނީ އައްޑޫގެ ރައްޔިތުންނަށް އުންމީދީ ވާހަކަތަކެއްކަމަށާއި ރައްޔިތުން ތިބީ ޕީއެންސީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަށް ކެތްމަދުވެފައިކަމަށެވެ.

އަޒާން ވިދާޅުވީ، ދާދި ފަހުން ރައީސް މުއިއްޒުވަނީ އައްޑޫގެ ސިޔާސީ މައިދާނަށް ބަދަލުތައް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވެފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ދެއްކެވީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށާއި، ހަގީގަތުގައިވެސް އައްޑޫގެ ޕޮލިޓިކަލް ޕްލެޓްފޯރމް ބަދަލުކުރަންޖެހިއްޖެކަމަށެވެ. އޭނާ ވިދާޅުވީ، އެއްބަޔަކު ހޮވައި އެއްގޮތެއްގެ މަތިން ކަންތައްތައް ކުރާތާ އެތައް އަހަރެއް ވެފައިވާކަމަށާއި އެކަން ބަދަލުކުރަންޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ހިތަދޫ މެދު ދާއިރާ އަދި މުޅި އައްޑޫ ސިޓީގެ ރައްޔިތުންވެސް ރައީސް ދެއްކެވީ ތެދު ވާހަކައެއްކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެއްބަޔަކު ހޮވައި އެއްގޮތަކަށް އަމަލުކޮށްގެން ތަރައްގީ ލިބިދާނެކަމުގެ އުންމީދުގައި އައްޑޫގެ ރައްޔިތުން އުޅެމުންދާތާ އެތައް އަހަރެއްވެފައިކާމަށް ފާޙަގަކުރެއްވިއެވެ. އަޒާން ވިދާޅުވީ 15 އަހަރު ވެފައިވާކަމަށާއި މިހާރު ތަރައްގީއަށް އެދި ތިބެ ތިބެ ރައްޔިތުން ވަރުބަލިވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހު އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ދީގެން އައްޑޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިފައިނުވާކަމާއިމެދު އެއްވެސް މީހަކު ދެކޮޅު ނުހަދާނެކަމަށާއި ވައުދުވި 8000 އެނދު ފެންނަން ނެތްއިރު ފަސް މަންޒިލުން ފްލައިޓުތަކެއްވެސް ނާންނަކަމަށް އަލިއެޅުއްވިއެވެ. އަޒާން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ނުކުރެވުނުކަމަށާއި ހިނގަ ހިނގާ އޮތް ރިސޯޓެއް ހުއްޓި ތިން އަހަރު ވޭތުވެގެންދިޔަ އިރު އެ ރިސޯޓުވެސް ނުހުޅުވުނުކަމަށް ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ގެއްލުނު ވަޒީފާތައްވެސް އަނބުރާ ހޯދައިނުދެވުނުކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް ބަދަލަކަށް ބޭނުންވެފައިކަމަށާއި ތިބީ ހެޔޮބަދަލަކަށް އެދިއެދިކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: