ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ބޮޑުތަކުރުފާނު މަގުން ފެން ހިންދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

މިއަދު ހެނދުނުން ފެށިގެން ވިއްސާރަކޮށް އޮތް ނަަމަވެސް، ހުއްޓާނުލާ ވާރެ ވެހެން ފެށީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ހަވީރުން ފެށިގެން ވެހެމުން އައި ވާރޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވަން ދަތިވާ ވަރަށް މިހާރު ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މަޖީދީ މަގާއި، އަމީނީ މަގު ފާހަގަކުރެވެއެވެ.

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ އިތުރު ސަރަހައްދުތަކުގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އަދި މާލޭގެ 14 ގެއެއްގައި ވެލިބަސްތާ ޖެހުމުގައިވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށް ބުންޏެވެ.

މީގެ 8 ގަނޑިއިރު ކުރިން ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. އޭގެ 4 ގަނޑިއިރު ފަހުން ހއ އަތޮޅުން ބ އަށް ރީދޫ ސަމާލު ނެރެފައިވެއެވެ.

ތ އަތޮޅުން އައްޑޫ އަތޮޅާ ހަމައަށް ނެރެފައިވަނީ ހުދު ސަމާލެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: