ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިސަންސްއަށް ދައްކަންޖެހޭ ފީ ކައުންސިލްތަކުން ބަލައިގަންނަގޮތަށް ހަދަނީ!

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ނަގާ ލައިސެންސްތަކަށް ދައްކަންޖެހޭ ފީ ސީދާ ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް އަންނަ މަހުން ފެށިގެން ބަދަލުކުރަން ނިންމާފައިވާ ކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މ. އަތޮޅާއި، މާލެ އާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސޮއިކުރެއްވުމަށް ބޭއްވި ބައްދަލުމުގައި، އަމީން ވިދާޅުވީ ރަަށްތަކުގެ ކައުންސިލުންނާއި ބައްދަލުކުރަައްވައި ލިބެންޖެހޭ ހިދުމަތްތައް ރަނގަޅު ކުރުމާއި، ކައުންސިލުން ކުރައްވާ މަސައްކަތަށް ސަރުކާރުގެ ގިއުގަޑުގެ ތެރެއިން ހަމަނުުޖެހިގެން ވަރަށް ގިނަ ކައުންސިލް ތަކުން ބަދަލު ކުރާކަމެވެ.

އެގޮތަށް ދިމާވެފައޮތީ ލައިސެންސް ފީއަށް ދައްކަންޖެހޭ ލާރި ދެއްކުމުގައި ހުރި މައްސަލައެއް…… މިލާރި މިދައްކަންޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީން އިންނަ ޕޯޓަލްއެއް ތެރެއިން ދެއްތޯ… ޓްރާންސްޕޯޓް މިނިސްޓްރީގާ އޮންނަ ޕޯޓަލްތެރޭން ދެއްކީމާ އެއްވެސް ކައުންސިލްއަކަށް މި ލާރިއެއް ލިބޭގޮތެއްނުވެ…. ވުމާއެކީ އަޅުނގަޑުމެން ކައުންސިލްތަކުގެ އެދުމާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މިއަންނަމަހު އެކަކުން ފެށިގެން އެ ލައިސެންސްގެ މަސެއްކަތްކުރައްވާ ހުރިހާ ކައުންސިލްތަކަށް އެމަސެއްކަތުގެ ހައްޤު އެ ލިބެންޖެހޭ ފީ އަކީ އެ ކައުންސިލްތަކަށް ލިބޭނެ ފައިސާ  ގޮތުގައި ހަމަޖައްސާފައި އޮންނާނީ

މިކަމާ ގުޅިގެން ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ލައިންސަންސް ދޫކުރުމުގެ ޙިދުމަތުން ނަގާ އިދާރި ފީ ސީދާ ކައުންސިލްތަކަށް ލިބޭނެގޮތަށް ނިންމަވައިފައިވާ ކަމަށެވެ. މި ނިންމެވުމަކީ ރައީސުލްޖިމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ލައިސެންސް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ކައުންސިލުތަކުގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާއިރު، ކައުންސިލްގެ ފަރާތުން އިތުރު މުވައްޒަފުން ނަގައިގެން މުސާރަދީގެން މަސައްކަތްތައް ކުރައްވާއިރު، ލައިސެންސް ފީއަށް ލިބެންޖެހޭ ފައިސާ ކައުންސިލުންނަށް ނުލިބޭ މައްސަލަ ބޮޑުކަމަށް އިއްޔެ އަމީން ވިދާޅުވެފައި ވެއެވެ. އަމީން ވިދާޅުވި ގޮތުން ސަރުކާރުން ނިންމާފައި ވަނީ ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި ބަޖެޓުތައް ދޫކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: