ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް ދިރާސާއެއް ހަދަނީ!

އޭސީސީގެ މެމްބަރުން ނޫސްވެރިންނާ ބައްދަލު ކުރައްވަނީ/ ފޮޓޯ: ނޫސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ކުށްތަކަށް  އަރައިގަންނަ ސަބަބުތަކާއި އެކަން ހުއްޓުވުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން ( އޭސީސީ ) އިން އެކަމަށް ޙާއްސަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތް ފަށައިފިއެވެ.

މި ދިރާސާގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފްސީލު، ދިރާސާ ކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިއާޔަތްކޮށް ދިރާސީ ހޯދުންތަކުގެ އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމެވެ.

ތަފްސީލްކޮށް ދިރާސާކުރާ ބައެއް ކަންތައްތައް:

  • ކޮރަޕްޝަންއަށް އަރައިގަންނަށް ވިސްނާ ސަބަބުތަކާއި އަރައިގަންނަ ގޮތް
  • އަރައިގަންނަ ދައުލަތުގެ މަޤާމުތައް
  • ނުފޫޒު އާއި ބާރުގެ ބޭނުންކުރާގޮތާއި އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރި ކުރުވާގޮތްތައް.
  • އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު
  • ޙަރަދު ބަރަދު ބަލަހަޓާ ގޮތް

މިއީ ދިވެހިރާއްޖޭގައި މިފަދަ ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާ ކުރެވޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ކުށްކުރާ ފަރާތްތަކުގެ ސުލޫކާއި ގުޅުންހުރި ކަންކަމާއި، ކޮރަޕްޝަންގެ ކުށަށް އަރައިގަތުމާ ގުހުންހުންނަ ހެވާއި ނުބައި ވަކިކުރުމުގެ ވިސްނުން ހުންނަގޮތްތަށް މި ދިރާސާއިން ދެނެގަނެވޭނެކަމަށް އޭސީސީން ބުނެއެވެ.

މި ދިރާސާގެ ހޯދުންތަކުން، ރާއްޖޭގައި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ވަޒިފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އަކަންކަން ތަންފީޒުކުރުމަށް ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލަންޖެހޭ ގޮއްތަށް ކަނޑައެޅިގެން ދާނެކަމަށް އޭސީސީން ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: