ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖީލީހުގެ އިންތިޙާބަށް 287،462 ވޯޓު ކަރުދާސް ޗާޕޮކޮށްފި

އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް:
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖީލީހުގެ އިންތިޙާބުގައި ވޯޓުމެގުމަށްޓަކައި ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރާއިރު ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން މިހާތަނަށް އއ، އދ، ފ، ދ  އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ވަނީ ފޮނުވާފައެވެ. 93 ދާއިރާއަށް 600 އަށް ވުރެން ގިނަ ވޯޓު ފޮށި ބެހެއްޓުމަށް އީސީންވަނީ ނިންމާފައެވެ. އިންތިހާބުގެ ވޯޓު ކަރުދާސްގައި ފާހަގަ ޖަހަން ޖެހޭނީ ކަޅުކުލަ ނޫނީ ނޫކުލަ ގަލަމަކުން ކަންމަށް ވެސް އީސީ ވަނީ ކަނޑައަޅާފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 5:30 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: