ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޞޫލުތަކާ ޚިލާފަށް އުމްރާއަށް ގެންދާ މީހުންގެ މައްސަލަ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ފައިސާ ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާނެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިކަމާއި ގުޅިގެން  ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރާ އުސޫލާ ޚިލާފަށް މީހުން އަތުން ފައިސާ ނަގައިގެން ބައެއް ޖަމާއަތްތަކުން އިޙުމާލު ވަމުންދާ ކަމަށެވެ.

އަމިއްލަ ޖަމާޢަތްތަކުގައި އުމްރާއަށް ދާ ފަރާތްތަކުން، އެ ޖަމާއަތަކީ ރަސްމީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރު ކުރުމަށް މީގެކުރިން ވެސް އިއުތިމާސް ކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވަނީ އާންމުކޮށްފައެވެ.

ޑރ. ޝަހީމް މިގޮތަށް އިއުތިމާސް ކުރެއްވީ އަލްމަޝްޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި މައްކާއަށް އޭރު ދިޔަ 50 އުމްރާވެރިން އެނބުރި ރާއްޖެ ނާދެވި ތާށިވުމާއި ގުޅިގެންނެވެ. އަލް މަޝަޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހުއްދަ މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެން ނަމަވެސް ޓްރެވެލް އެޖެންސީއެއްގެ ނަމަށް ބަދަލުކޮށް މިއަހަރުވެސް އެ ޖަމާއަތުން ވަނީ އުމްރާއަށް މީހުން ގެންގޮސްފައެވެ. މިއީ ހުއްދަ ބާތިލްކޮށްފައިވާ ޖަމާއަތެއްކަން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: