ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔަރ ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ.

“އެކްސް” ގައި ކުރި ޕޯސްޓެއްގައި ޑިފެންސް ފޯސްއިން ބުނެފައި ވަނީ 39 އަހަރުގެ ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ރިޓަޔަރ ކުރައްވައިފިކަމަށެވެ.

ޢަބްދުއްރަޙީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ. ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.

އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފ ޑިފެންސް ފޯސ،ް އެކި ޔުނިޓް ތަކުގެ ކޮމާންޑަރ، ކޯ ކޮމާންޑަރ، އޭރިޔާ ކޮމާންޑްގެ ކޮމާންޑަރ، އަދި ސިފައިންގެ ތަރުޖަމާނުކަން އަދި ސަިފައިންގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު ހިމެނެއެވެ.

އަބްދުއްރަހީމް ރިޓަޔާކުރެއްވުމަށް ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުޢިއްޒު ދެއްވާ ޚާއްސަ ސިޓީފުޅު އަދި، އިޚުލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު، ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: