ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އުންމީދުތައް ގިނަ، އެކަންކަން ހާސިލު ކުރެވެން އޮތީ މަޖިލިސް ލިބިގެން: މޫސާ ފަތުހީ

ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް، މޫސާ ފަތުހީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީ ރައްޔިތުންގެ މަޖިލީހުގެ ހުރުމަތް ކަނޑާލައި، ގާނޫނުއަސާސީގެ މައްޗަށް އަރައިގަނެފައި ނުވާނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް، މޫސާ ފަތުހީ ވިދާޅުވެއްޖެ އެވެ.

މާދަމާ އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އަޣުލަބިއްޔަތު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުން ވަނީ ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކުރުމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ވައުދު ފުއްދުމަށް މަޖިލިސް ބޮޑު ރޯލެއް އަދާކުރާއިރު ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ނިޔަތް ހުރި ބައެއް މަޖިލީހަށް އިންތިހާބުވެގެން އައުން ވާނީ ފަހަަތަށް އެޅޭ ފިޔަވަޅަކަށްކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ރައީސް ގޮވާލައްވާފައި ވަނީ މިދިޔަ ފަސް މަހުގެ ތެރޭގައި މަޖިލީހުގައި ހިނގި ކަންކަމަށް ބަލައި، ރައްޔިތުން ގޮތް ނިންމުމަށެވެ.

އިންތިހާބުގެ ވޯޓާ ގުޅޭގޮތުން ސަންގުޓީވީގެ ހާއްސަ ކަވަރޭޖުގައި މުސާ ފަތުހީ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންތައް އެމްޑީޕީގެ ދެ ސަރުކާރުގެ ވަޒީރުންނަށް ވެސް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިން ކަމަށެވެ. އެކަމަކު ޒާތީ ވިސްނުންތަކެއްގެ ސަބަބުން މަޖިލީހުގެ މިދައުރުގެ މެމްބަރުން ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދީ ހިފެހެއްޓުން އެއީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެހެން މެމްބަރުންނޭ އެއްގޮތަށް މޫސާ ފަތުހީ ވެސް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދޭނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. ރައްޔިތުންގެ ބޮޑެތި އުންމީދުތައް މި ސަރުކާރާ ގުޅިފައިވާއިރު، އެކަމަށް ހިޔަނި އެޅޭ އެއްވެސް ގޮތެއް ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނީ ނިޒާމުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުން އަދި ރައްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަޖިލީހަށް ބިލުތަކެއް ހުށަހަޅައި މަސައްކަތް ކުރަން އެބަހުރިކަމަށް މޫސާ ފަތުހީ ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިހުގެ އަގުލަބިއްޔަތު ސަރުކާރަށް މުހިންވާ ބައެއް ނުކުތާތަކުގެ ގޮތުގައި ފަތުހީ ފާހާގަކޮށްފައި ވަނީ:

  • ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގާނޫނުގެ ނިޒާމުގެ ތެރެއިން ގެނައުން
  •  އިގްތިސާދުގެ ގޮތުން މިއޮތް ވަޅުގަނޑުން އަރައިގަތުން
  • ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުން
  • ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށްވަރު ކުރުން
  • ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އަތުވެދާނެ ނުތައްކަލުން މިންޖުވުމަށް ކުރަންޖެހޭ ކަންކަން ކުރިޔަށް ގެންދިއުން
  • ވަށައިގެން ވާ އިންފާރު ވަރުގަދަ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް
  • ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ކަންތައް ހައްލު ކުރުން
  • އެންމެ ކުޑަރަށުގައިވެސް އުމްރާނީ ތަރައްޤީ ބޭނުންވެފައިހުރި ކަންތައްކުރުމަށް މަޖިލީސް ތެރެއިން އެއްބާރުލުން ބޭނުން ވުން

މޫސާ ފަތުހީ ވިދާޅުވީ ރާއްޖޭގެ ރަށްޔިތުންނަށް އަސާސީގޮތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށްވާއިރު ދައުލަތް ހިނގުމުގެ ޒިންމާ ވެސް އެޅުވިފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ވިދަޅުވީ ސަރުކާރުން އެތައް ކާމިޔާބީއެއް ހާސިލު ކުރަމުން ގެންދާއިރު ވެސް ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓައި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ވާހަކަތައް ދައްކަމުން ދިޔައީ އެއްވެސް އަސާސެއް ނެތް ކަންތަކެއްގެ މައްޗަށް ބިނާކޮށްށެވެ. ވަޒީރުންނަށް ރުހުން ނުދީ ހިފެހެޢޓުމަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް، ޕީޕީއެން/ޕީއެންސީގެ ގިނަ ޖަލްސާ ތަކުގައި ވަނީ އެކި ބޭފުޅުން ތަކުރާރުކޮށް ފާހަަގަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: