ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް ޒަމާންތަކެއް ވެގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ ތަރައްޤީއެއް ނުލިބުނު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާންތަކެއް ވެގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ ވަރުގެ ހެޔޮ ބަދަލު ތަކެއް ނުލިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަރައްގީއަށް ފެންބޮވާގެންފައި ތިބިއިރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އަމާޒަކީ އެ ނަތިއްޖާ ނެރެދިނުން ކަމަށެވެ. ފަސް މަސް ނިމިގެން ދިޔައިރު އައްޑޫ ސިޓީއަށް މުހިންމު މަސައްކަތްތަކެއް، އެކި މަރުހަލާތަކުގައި ފެށިފައިވާ ކާމަށާއި އަދި އެކަންކަން އެ ކުރެވުނީ ދަތި އުދަނގުލާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ވެސް ފެނިގެން ދިޔައީ އިދިކޮޅަށް މަޖިލީޙުގެ މެޖޯރިޓީ އޮތުމުން ކަންކަން ކުރާ ގޮތް ކަމަށާއި އެހެންކަމުން މި އިންތިހާބަކީ މަޖިލީހުން ސަރުކާރަށް ކުރާ އަނދަގޫތައް ނައްތާލަން ލިބޭ ފުރުސަތު ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ހިންގަން ހުރި މަޝްރޫއު ތަކަށް ބަޖެޓް ފާސް ކުރުމަށް ހުށައެޅުމުން، ބަޖެޓް ފާސްކުރީ އިދިކޮޅުން ބޭނުންފުޅުވާ ގޮތަށް ބަދަލު ގެނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް ފާހަގަ ކުރެއްވި ގޮތުން ރާއްޖޭގައި އެންމެ ބޮޑު މަޝްރޫއަކީ އިންފްރާސްޓްރަކްޗަރ އަދި އައްޑޫ ސިޓީ ބުރިޖްގެ މަސައްކަތެވެ. އެ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، އޭގެ މައްޗަށް ހަދަންޖެހޭ ސައިސްޓިފިކް ޑީޓޭލް މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: