ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގައި މިހާރު ކުރިއަށް ދަނީ އެ ސަރަހައްދު ހިމާޔަތްކޮށް ތޮށި ޖެހުމުގެ މަސައްކަތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގައި ކުރިއަށްދަނީ މިހާރު ހިއްކާ ނިންމާފައިވާ ސަރަހައްދު ހިމާޔަތް ކުރުމާއި ތޮށި ޖެހުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ސަރަހައްދު ބައްލަވާލެއްވުމަށްޓަކައި އެސަރަހައްދަށް ވަޑައިގެން ރައީސް ވިދާޅުވީ އަމާޒަކީ މުޅި ޕްރޮޖެކްޓު ހަވާލުވި އިރަށްވުރެ އަވަހަށް މިއަންނަ އަހަރަށް ނިންމާލުން ކަމަށެވެ.

މި ޕްރޮޖެކްޓާއި ހަވާލުވި ހިސާބުން ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި ރައްޔިތުންނަށް ފައިދާވާ މިކަހަލަ ހުރިހާ މަޝްރޫއުތަކަކީ ކުރިއަށްވުރެ މާ ބާރު ސްޕީޑުގައި ކުރިއަށްދާ، ނަތީޖާ ނެރެދެއްވުމަށް ރަނގަޅު މަޝްރޫއުތަކެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ނިންމުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ މަތީ ލެވެލްއިން މި މަޝްރޫއު ބައްލަވާ ކަމަށާއި ، އަދި މިނިސްޓަރވެސް އަމަލީގޮތުން ބައިވެރިވެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މުޅިޓީމާއި އެކު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއްގެ ގޮތުގައޮ ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅީފަޅުގައި ބިންހިއްކުމަކީ ރައީސް އިއުލާނު ކުރައްވާ، ކަނޑައަޅައިފައިވާ ސިޔާސަތާއި އެއްގޮތަށް އެންމެ ފުން ސަރަހައްދާއި އެކު ހިއްކަން ނިންމާފައިވާ މަޝްރޫއެއް ކަމަށް ރައިސް ވިދާޅުވިއެވެ. މިހާރު ހިއްކާ ނިންމާފައިވާ ސަރަހައްދު ހިމާޔަތް ކުރުމާއި ތޮށި ޖެހުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ރައިސް ވިދާޅުވިއެވެ. އަދި ރިވެޓްމެންޓު ޖަހެމަށް ހުރިހާ އެއްޗެއް ގެނެސްފައިވާ ކަމަށާއި މިއަހަރުގެ ސެޕްޓެމްބަރު ހިސާބަށް މިމަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ދެން ބާކީ އޮތް ސަރަހައްދު ހިއްކުމަށް އެމްޓީސީސީ އާއި އެކު އެއޮތީ އެއްބަސް ވެވިފައި. އެމަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ. އެއީ އެންމެ ފުން ސަރަހައްދު. 85 ހެކްޓަރުގެ ބިން ހިއްކޭނެ އެތާންގަ”

ރައީސް ވިދާޅުވީ މިހާރު ހިއްކާފައިވާ ތަނުން ގޯތި ހަވާލުކުރމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ގިރާވަރުފަޅުން ގޯތި އިތުރަށް ދީފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް އެދޭ މީހުންނަށް އެކަންވެސް ހުޅުވާލައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ގުޅީފަޅުގައި ފެނާއި، ކަަރަންޓާއި، މަގު ހެދުމަށްވެސް މިއަހަރުތެރޭގައި ބޮޑު މަޝްރޫއެއް ފެށިގެންދާނެ ކަމަށާއި އެކަމާއި ބެހޭ އިނީޝިއަލް އެމްއޯޔޫގައި ވަނީ ސޮއި ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: