ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅުގައި އިތުރަށް ހިއްކުމަށް އޮތީ 113 ހެކްޓަރުގެ ބިން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރު ފަޅުގައި އިތުރަށް ހިއްކުމަށް އޮތީ 113 ހެކްޓަރުގެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށްޓަކައި އެ ސަހަރަހައްދަށް ވަޑައިގެން ރައީސް ވިދާޅުވީ ލޭންޑް ޔޫސްޕްލޭން ވަނީ ހެދިފައި ކަމަށެވެ. މިހާރު ހިއްކާފައިވާ ބިމުން އެވެއިލަބަލް ލޭންޑް، ލޭންޑް ޔޫސް ޕްލޭންގައި ހުރި ތަންތަނުން ގޯތި ދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބިން ހިއްކާ ނިމުމުން ދެން އޮތް ސަރަހައްދު ބިން އެއްވަރުކޮށް ކަންކަން ނިމުމުން ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގޯތި ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް ބާކީ ނުހިއްކާއޮތް ސަރަހައްދުވެސް 10 ނުވަތަ 12 މަހުގެ ތެރޭގައި ހިއްކާ ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަގުސަދަކީ ވިހާވެސް އަވަސް ކުރުން ކަމަށާއި ، އެހެންކަމުން ޓްރެޑީގާ އިތުރުކޮށް 7 މަސް ނުވަތަ 8 މަސް ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ލަސްވެގެން އެމްނިކުފާނު ވިދާޅުވި ޕީރިއަޑް ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ކަމަކީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލަ ކަމަށެވެ. ވަރަށް ގިނަ ރައްޔިތުންނަށް ގޯތި ދީފައިވާ ތަނަކީ ގިރާވަރުފަޅު ކަމަށާއި މި މަޝްރޫއު އަވަސްކޮށް ނިންމާ މިއަހަރު ތެރޭގައި މަގު ހެދުމާއި. ނަރުދަމާ އާއި، ކަަރަންޓާއިއަދި ފެން ގާއިމު ކުރުމުގެ މަސައްކަތް ވެސް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: