ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ ބަލިކޮށް ކުޑޫ މަޖިލީހަށް!

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓު ކުޑޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދެވަނަ ދައުރަކަށް ވާދަކުރެއްވި މެމްބަރު އީވާ އަބްދުﷲ ބަލިކުރެއްވުމަށްފަހު އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) އެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީއެންސީގެ އިތުރުން މައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިންވެސް ވަނީ ވާދަކޮށްފައެވެ. މިނިވަން ކެންޑިޑޭޓުންވެސް ވާދަކުރެއްވި މި ދާއިރާގެ މެމްބަރުކަން ކުރައްވަމުން އައި އީވާއަށް ލިބިވަޑައިގަތީ 64 ވޯޓުކަމަށްވާއިރު، އިންތިހާބު ކާމިޔާބުކުރެއްވި މުހައްމަދު އިބްރާހިމް އަށް އިންތިހާބުގައި ލިބުނީ 100 ވޯޓުކަމަށްވާއިރު ދެވަނަ އަށްވެސް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އައިމިނަތު ނާދިރާއެވެ.

މި ދާއިރާގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވަނީ 3832 މީހަކަށެވެ. މިހާރު ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، އީވާވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ބަލި ގަބޫލުކުރެއްވިކަން އިއުލާނުކުރައްވާފައެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: