ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޒޫއަށް ގޮނޑި ގެއްލުވާލިކަމަށް ބުނެ މަހުލޫފްގެ ތުހުމަތު ފައިސަލްއަށް، އިތުރު މައްސަލަތަކެއް ފުލުހަށް

މަހުލޫފާއި އޭނަގެ އަނބިކަބަލުން ނަޒްރާ ނަސީމް - ފައިސަލްއަކީ ނަޒްރާގެ ބޭބެ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި އަނބިކަބަލުން ނަޒްރާ ނަސީމަށް ނާކާމިޔާބުވީ އޭނާގެ ބޭބެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޓި ކެމްޕެއިންކޮށް ގަސްތުގައި ގޮނޑި ގެއްލުވާލުމަށް މަސައްކަތް ކުރުމުންކަމަށް މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް ނަޒްރާ ޓިކެޓު ކާމިޔާބު ކުރި ފަހުން އޭނާއަށް އެ ގޮނޑި ހޯދައިދިނުމަށް އެންމެ ގާތުން މަސައްކަތް ކުރީ މަހުލޫފެވެ. ބުދަ ދުވަހު އިންތިހާބުގައި ނިކުތް ނަތީޖާގައި ނަޒްރާއަށް ނާކާމިޔާބުވީ 48 ވޯޓުގެ ތަފާތަކުންނެވެ.

އިންތިހާބު ނިމުނުތާ ދެ ދުވަސް ފަހު މިއަދު މަހުލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އަނބިކަބަލުންނަށް އެ ގޮނޑި ގެއްލުވާލުމަށް އެންމެ ބުރަ މަސައްކަތް ކުރީ ބޭބޭފުޅު ފައިސަލްކަަމަށެވެ. އެގޮތުން އާއިލާގެ އެހެން މެމްބަރުންނަށް ވެސް ގުޅައި ފައިސަލް ދިޔައީ ނަޒްރާއަށް ވޯޓު ނުދޭން އަންގަމުންކަމަށާއި، މިކަމުގައި އާއިލީ މަސްލަހަތު އޮތަސް ދޫ ދިނުމެއް ނެތްކަމަށް މަހުލޫފް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ ފައިސަލް ނަޒްރާއާއި ދެކޮޅަށް މަސައްކަތްކޮށް އެންޓި ކެމްޕެއިން ކުރަމުން ދިޔަކަން އޭނާގެ މައިންބަފައިންނާއި އާއިލާ އަދި އެމްޑީޕީއަށް ވެސް އެނގޭނެ އެވެ.

މަހުލޫފް ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓްއެއް

މި މައްސަލަ ފެށުނު ހިސާބެއްކަމަށް މަހުލޫފްގެ ޕޯސްޓުގައި ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްކަމަށް ހަމަޖެއްސި ހިސާބެވެ. ދެވަނަ ފަހަރަށް ވެސް ރަނިންމޭޓުކަން ފައިސަލްއަށް ދޭނެކަމަށް ބެލެވިފައި ވަނިކޮށް ވެސް އޭނާއަށް އެ ފުރުސަތު ނުލިބުމުން އެކަމާ ބައެއް މީހުން ސުވާލު އުފެއްދި އެވެ. އެކަމަކު ފައިސަލްއަށް ރަނިންމޭޓުކަން ނުލިބުމާއި އޭނާގެ ކޮއްކޯފުޅު ނަޒްރާއާއި ގުޅެނީ ކީއްވެގެންކަން ސާފެއް ނޫނެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި ރަނިންމޭޓު މައްސަލައިގެ އިތުރަށް މީގެ ތެރޭގައި ބައެއް އެހެންކަންކަން ވެސް ހިމެނެއެވެ. އަދި އެކަން މިހާރު އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާނެކަމަށް މަހުލޫފް ވިދާޅުވި އެވެ.

މީގެއިތުރުން މަހުލޫފް ވަނީ ރަނިންމޭޓުކަން ނުލިބުމުން ފައިސަލް އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރިކަމަށް ތުހުމަތުކޮށްފަ އެވެ.

ސޯޝިއަލް މީޑިއާގައި މި މެސެޖްގެ ސްކްރީން ޝޮޓް ދައުރުވަމުންދާއިރު އެ ޕޯސްޓު ވަނީ މަހްލޫފްގެ އިތުރުން ނަޒްރާގެ އާއިލާގެ ބައެއް މެމްބަރުން ވެސް ޝެއާކޮށްފައި ވެއެވެ. އަދި މިހާތަނަށް ނަޒްރާގެ އެއްވެސް އެކައުންޓަކުން މިކަމާއި ގުޅުން ހުރި ޕޯސްޓެއް އާންމު ނުކުރެ އެވެ.

 

ވަރަށް ގަދަ
5%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 6%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަދި މައްސަކަތް ކޮށްލާ ނަޒޫ ދެން ފަހަރަކުން ކާމިޔާބު ވާނެ ނާކާމިޔާބީ ވުމަކުން ބޭބެއަށް ދެރަކޮށް ހިތާކަނުވާނެ. ބޭބެ ދެރަ ދިނަސް އަދި އިރާދަކުރެއްވިއްޔާ މަހްލޫފް ބޭނުވާ ގޮތަ ނަޒޫއަށް ކާމިޔާބު ކުރެވޭނެ ދުވަހެއް އަންނާނެ ކެތްކޮށްލާ ޝަކުވާތަކާ ދުރުވެލުން ބުދިވެރި. ވަރަށް ސަލާން

  2. ތިޔަފަތުރަނީ ހައްތަހާވެސް ދޮގު ފިތުނަ. ފައިސަލް ކައިރިޔަކު ނަޒުރާއެއް ނުބުނޭ ތިމަންނާއައް ކެމްޕޭންކޮއްދޭށެކޭ ވެސް. އަދި ތިޔަ ފިތުނަވެރިންގެފި ތުނައިގަ ފައިސަލް ނުޖެހޭނެ އިރާދަފުޅުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: