ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯވރޫމް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްފުރާޅެއްގެދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލުލިބޭ ގޮތަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފިއެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ. އެސްޓީއޯގެ ތާރީހުގައި އެސްޓީއޯއަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޔަތަށްވެސް ގިނަގުނަ ފާހަގަކޮއްލެވޭ ތާރީހީ ކުރިއެރުންތަށް ވަނީ ގެނެސްދެވިފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް މިހާރުވަނީ ރަސްމީކޮށް ހުޅުވައި ހިދުމަތްދޭން ފަށާފައެވެ. މިއީ އެސްޓީއޯގެ ތާރީހުގައި ލިޔެވިގެންދާނޭ ފާހަގަކޮށްލެވޭ ދުވަހެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯވރޫމް ހުޅުވުމުގެ ރަސްމިއްޔާތު — ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މިފިހާރައިންވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެއެވެ. ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް ހުޅުމާލެ ޝޯވރޫމް އިން އޯޑަރ ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. އަދި ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމް ހުޅުވައިފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަން އެސްޓީއޯ ސްމާރޓް ސްޓޯއާއި ޖެހިގެންނެވެ.

ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމްގައި ވަނީ ހަމަޖއްސައިފައިވާ ކަމަށާއި މަކިޓާގެވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މިޝޯވރޫމް އިން ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯރޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމުގެ ޝުކުރުދަންނަވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: