ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓްރެކްޓް ހަމަވެގެން ދޫކޮށްލި 1،780 މުވައްޒަފުންނަށް އަލުން ވަޒީފާ ދޭނަން: މުއާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ފެނަކައިން ވަޒީފާއަށް ނަގާފައިވާ 1،780 މުވައްޒަފުން ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްލާފައިވާ ކަމަށާއި މަޝްރޫތައް ހަމައަކަށް އެޅުމުން އެ މުވައްޒަފުން އަލުން ވަޒީފާއަށް ނަގާނެ ކަމަށް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ބައްދަލުވުމަށް ފެނަކައިގެ ވެރިން ހާޒިރުކޮށް ފެނަކައިގެ އެޗްއާރް ޕޮލިސީއާއި ހިލާފަށް މުވައްޒަފުން ވަކިކޮށް މުވައްޒަފުން ނަގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުއާޒް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ސެޕްޓެމްބަރު 9 ވަނަ ދުވަހާއި ހަމައަށް 2،105 މުވައްޒަފުން ވަޒީފާއަށް ނަގާފައިވާ ކަމަށާއި އެ މުއްދަތުގެ ކުރިން ފެނަކައިގައި ތިބީ 4،825 މުވައްޒަފުން ކަމަށެވެ.

އެ މުއްދަތުގައި ނަގާފައިވާ މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ހުއްޓިފައިވާ މަޝްރޫތަކަކަށް ނަގާފައިވާ މުވައްޒަފުންތަކެއް ކަމަށާއި އެތަނުން 1،780 މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް މީގެ ކުރިން މުއާޒް ވަނީ ވިދާޅުވެފައެވެ. އެގޮތުން ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް ހަމަވުމުން އެފަރާތްތައް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.

ސަންގު ޓީވީ ގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ހއ. ދިއްދޫގައި ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު އާ ނުކޮށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައާއި ގުޅިގެން މުއާޒް ވިދާޅުވީ ގިނަ މުވައްޒަފުންތަކެއް ކޮންޓްރެކްޓު އާނުކޮށްވަނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓު ހުއްޓިފައި އޮތުމުންކަމަށެވެ. އެއްވެސް މުވައްޒަފެއްގެ ކޮންޓްރެކްޓު އުވާލާފައި ނުވާނެ ކަމަށާއި ހަމައެކަނި އެ ކޮންޓްރެކްޓެއް ހަމަ ވުމުން އެ ކޮންޓްރެކްޓު އާ ނުކުރީ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

ކޮންތްރެކްޓު އާކުރުމަކީ ކޮންޓްރެކްޓު ދިން ފަރާތުގެ ނިންމުމެއް ކަމަށާއި ކޮންޓްރެކްޓު ނިމުމުން އެ މުވައްޒަފަކަށް ނޯޓިސްވެސް ފޮނުވަން ނުޖެހޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ މިހާރު ތިބި ހުރިހާ މުވައްޒަފުންގެ ކޮންޓްރެކްޓު އާކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ފެނަކައިގެ މާލީ ހާލަތަށް ބަލާއިރު އެކަން ކުރުމަށް ދަތިކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: