ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މަސައްކަތެއް ނުހުއްޓި ކުރިޔަށް ގެންދިއުމަކީ ރައީސްގެ އަމާޒު: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައި ކުރިޔަށް ގެންދިއުމުގެ މަގުފަހި ކުރުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސައީދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް، ޓްރާންސިޝަނަލްގެ މުއްދަތުގައި ބަޖެޓުގައި އަދަދުތަކެއް ހިމެނުމަށް ހުށަހެޅި ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ޕްރޮޖެކްޓުތައް އުނި ކުރިކަމަށެވެ. އެކަމަކު ސަރުކާރުން ފައިނޭންސް ހޯދައި މަސައްކަތް ކުރާއިރު، އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި ކުރިޔަށް ގެންދެވުމަކީ އަމާޒުކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްލޭންގެ ދަށުން ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓު އެއްކޮށް ނިމިފައިވާއިރު ސައީދު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިޔަށް ކަމަށެވެ.

ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް ބޮޑުކަމަށާއި، މި ސަރުކާރުގެ އެންމެ ބޮޑު ޕްލޭނެއް އޮތް އެއް ދާއިރާއަކީ ވެސް އެއީކަމަށެވެ. ރައީސް މުއިއްޒުގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯގައި ގެދޮރުވެރިކަން ހައްލު ކުރުމަށް ގިނަ ކަންކަން ހިމަނާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ދައުރު ނިމިގެންދާއިރު ރައީސްގެ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަން ކަށަވަރު ނުވާ ރައްޔިތެއް ނުހުންނާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ފުދުންތެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަން އިންތިހާއަށް މުހިންމުކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއްކަމަށާއި އެ އުންމީދުތަކަށް އަމަލީ ސިފަ ސަރުކާރުން ގެންނާނެ ކަމަށެވެ.

އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ސައީދު ވަނީ، ސަރުކާރުގެ އަމާޒަކީ މިވަގުތު އިގްތިސާދު ބަރޯސާވާ ފަތުރުވެރިކަމާއި މަސްވެރިކަން ނޫން އެހެން ދާއިރާތައް ގެނެސް އެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން ބީސީސީ މެދުވެރިކޮށް އައްޑޫގައި ފެކްޓުރީތަށް އުފައްދައި ކުރިއަށް ފިޔަވަޅުތަށް އެޅުމަށް ބުރަ މަސައްކަތް ފެށުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމަށް ވިދާޅުވި އެވެ. ރާއްޖެއަކީ ކެއުން ބުއިމަށް ބޭނުންވާ ތަކެތި ބޭރުގެ ގައުމުތަކަށް ބަރޯސާ ވެފަވާ ގައުމަކަށް ވާއިރު، ބައެއް ތަކެތި ރާއްޖޭގެ ރަށްތަކުގެ ފެންވަރުގައި އުފައްދައި، އެ ވަސީލަތް އާންމު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: