ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކު ފުޅީގައި ބަންދުކުރެވިފައިވާ ތަކެތި ގަދަ އަވީގައި ބެހެއްޓުން: ނުރައްކާތެރި އާދައެއް!

އެމްޑްބްލިއުއެސްސީން ފެން އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ނަޒަރިއްޔާއަކުން ބަލާނަމަ، ޕްލާސްޓިކު ފުޅި ބޭނުންކުރުމަކީ ރައްކައުތެރި ކަމެކެވެ. އެހެންނަމަވެސް އެ ރައްކައުތެރިކަން ކަށަވަރުވަނީ އެތަކެތި އުފައްދާ ފަރާތްތަކުން އެ ތަކެތި ބޭނުންކުރަން ކަނޑައަޅާފައިވާ މާހައުލާއި ހާލަތުގައި ބޭނުންކުރުމުންނެވެ. އެ ހާލަތުން ބޭރުގައި ނުވަތަ އެ މިންގަނޑުތަކާއި ހިލާފަށް އުފައްދާ ފަރާތްތަކަށްވެސް ފުޅިތަކުގެ ރައްކައުތެރިކަން ކަށަވަރެއް ނުކޮށްދެވެއެވެ.

ޕޮލިއެތްލީން ޓެރެފްތަލޭޓް ނުަަވަތަ އާންމު ނަމުން “ޕީއީޓީ” އިން ތައްޔާރުކޮށްފައިވާ ފުޅިތަކަކީ އަވީލައިގެން ނުވަތަ ހޫނުކޮށްގެން ބޭނުންކުރުމަށް ބިނާކޮށްފައިވާ އެއްޗެއް ނޫނެވެ. މި ތަކެތީގެ ބޭނުން ހިފުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކުގެ ދިރާސާ ކޮށްފައިވަނީ ފުޅިތައް އަވީ ނުލާނެކަމަށް ނުވަތަ ހޫނު ނުކުރާނެކަމަށް ބަލައިގެންނެވެ.

އެހެންކަމުން އާންމުކޮށް ދައުރުކުރާ މައުލޫމާތުގައިވެސް ހުންނަނީ ހިޔާތަނެއްގައި އެކަށީގެންވާ ފިނިހޫނު މިނެއްގައި ބަހައްޓާފައިވާ ފުޅިތަކުން އެތެރޭގައި ހުންނަ ދިޔާތަކެއްޗަށް ލީކުވާ ކެމިކަލް ބާވަތްތަކާއި އެތަކެތި ހުންނަ މިންގަނޑުތަކެވެ. އެހެންނަމަވެސް ބީޗު މަތީގައި އިންނަ އިރު ގަދައަވީގައި ނުވަތަ އެހެނިހެން ހޫނުވެގެންދާ މާހައުލެއްގައި ފުޅިތަކުގެ ބޭނުންކުރުމުން އުފައްދާ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވެވި ސިއްހީ ގޮތުން ރައްކައުތެރިކަމަށް ބުނެ އުފައްދާ ފަރާތުން ދޭ ގެރެެންޓީވެސް ނެތިގެންދެއެވެ. ހިޔަލުގައި ބަހައްޓާފައި ހުންނަ ފުޅިތަކުން ކެމިކަލް ލީކުވާ ވަރަށްވުރެ މަތީ މިންގަނޑަކަށް އަވީގައި ބެހެއްޓުމުން އެކަމުގެ އަސަރުތައް ފެންނަ ކަމަށް ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ފެން ފުޅިތަކަށްވުރެވެސް މިގޮތުގެ މަތިން އަމަލުކުރުމުގެ ސަބަބުން ނުރައްކާތައް ބޮޑޫވެގެންދަނީ ކޯކަކޯލާ ފަދަ ސޮފްޓް ޑްރިންކްސްގެ ބާވަތްތަކުގައެވެ. ސަބަބަކީ އެތަކެތީގައި އެތައް ބާވަތެއްގެ ކެއިންބުއިން ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލްތައް އެކުލެވިފައިވުންކަމަށްވާއިރު، ހަކުރުގެ ބަދަލުގައި ފޮނިކުރުމަށާއި ގިނަ ދުވަސް ހަލާކުނުވާ ގޮތަށް ތައްޔާރުކުރުމުގެ ގޮތުން އާންމުކޮށް މިފަދަ ތަކެތި އުފެއްދުމުގައި ބޭނުންކުރާ ކެމިކަލް ބާވަތެއްކަމަށްވާ ސޯޑިއަމް ބެންޒޮއޭޓް އާއި ޕޮޓޭސިއަމް ބެންޒޮއޭޓްގެ އިތުރުން ސޯޑިއަމް ސިޓްރޭޓް އަދި ބެންޒޮއިކް އެސިޑަކީވެސް އަވީގައި ޖެހުމުން ހަލާކުވާން ފަށާ ތަކެއްޗެވެ. އާންމު ހާލަތެއްގައި ބެންޒޮއޭޓް އާއިލާގެ ކެމިކަލްތައް ހަލާކުވެ ބަދަލުވަނީ ބެންޒީން އަށެވެ. މިއީ ކެންސަރު ބައްޔަށް މަގުފަހިކުރާކަމަށް މަޝްހޫރު މާއްދާއެކެވެ.

ދިރާސާތަކުން ދައްކާގޮތުން އާންމުކޮށް ކާބޯތެކެތި ދިގު މުއްދަތަކަށް ހަލާކު ނުވެ ހުންނަކަން ކަށަވަރުކުރުމަށް ބޭނުންކުރާ ބެންޒޮއިކް އެސިޑު ހަލާކުވުމުން ބެންޒީން އުފެދެއެވެ. އަދި ވިޓަމިން ސީ އާއި ދަގަނޑުގެ ބާވަތްތަތައްވެސް ކޮންމެވެސް ވަރަކަށް އެފަދަ ތައްޔާރީ ފުޅިތަކުގައި ހުންނަކަމަށްވުމުން މި ތަކެތި އެއްވެ، ހަލާކުނުވާކަން ކަަށަވަރުކުރުމަށް އަޅާފައިވާ މާއްދާތަކުގެ ބާރު ކެނޑުމާއިއެކު ޔީސްޓް އަދި ފަންގަސް ފަދަ ތަކެތި އުފެދި ކާބޯތަކެތި ތަޣައްޔަރުވުމަށް ދިމާވެއެވެ. ޔަގީނުންވެސް މިކަމުން ސިއްހަތަށް ނުރައްކާނުވެ ނުދާނެއެވެ.

އެހެންކަމުން މި ދުވަސްވަރަކީ އިންތިހާ ހޫނު ދުވަސްތަކެއް ކަމަށްވުމުންނާއި ރާއްޖޭގައި ކެންސަރު ޖެހުން ފަދަ ކަންކަން އިތުރުވަމުންދާކަމަށްވުމުން މާލޭގެ އެކި ސަރަހައްދުތަކުގައި އަވީގައި ފެން ބަހައްޓާ ބެހެއްޓުމުގެ އިތުރުން އެ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ރައްކައުކުރުމުގައިވެސް މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ މަތިން އަމަލުކުރެވެންޖެހެއެވެ. މިއީ ފަސޭހައިން ހައްލުކުރެވޭ ކުޑަ ކުޑަ މައްސަލައެއް ނަމަވެސް ހައްލުވެގެންދިއުމަށް މުޖަތަމައުގެ ހޭލުންތެރިކަންވެސް މުހިންމެވެ.

ހަމަ އެފަދައިން ބަންދު ތަންތަނުގައި ތަކެތި ރައްކައުކުރުމުގައިވެސް ރާއްޖޭގައި މާ ބޮޑު އުސޫލުތަކެއް ނުގެންގުޅެއެވެ. ކަނޑައެޅިފައިވާނަމަވެސް އަމަލުކުރަނީ މަދު ބައެއްކެވެ. ގިނަ ފަހަރުގެ މަތިން މުދާ ބެހެއްޓިފައި ހުންނަނީ އެ ބަޔަކަށް އެންމެ ފަސޭހައިން ފިހާރަ ނުވަތަ ޝޯރޫމްތަކާއި ހިސާބަށް ގެންދެެވޭނެ ގޮތެއްގެ މަތިންނެވެ. މީގެ މާނައަކީ ތަކެތި ރައްކައުތެރިކުރުުމުގައި ބަލަންޖެހޭ ފިނި ހޫނު މިނަށް ނުބެލި ދިއުމެވެ. ފިނިކޮށް ރައްކައުތެރިކުރަންޖެހޭ ތަކެތި ހޫނު މާހައުލެއްގައި ރައްކައުކުރުމުން އެތަކެތި ދިޔާވެ ޒާތް ބަދަލުވުމަށް ދިމާވާއިރު، ތެތް ކަމުގެ އަސަރެއް ނުހުންނަ ގޮތަށް ރައްކައުތެރިކުރަންޖެހޭ ތަކެތިވެސް ވައިގެ ތެތްކަން ކަނޑުވާ ނިޒާމެއް ނެތް ތަންތަނުގައި ރައްކައުކުރުމުންވެސް މައްސަލަތައް ނުކުމެއެވެ. ގުދަންތަކުގައި މީދާ އަދި ކުރަފި ފަދަ ސޫފިތަކުގެ މައްސަލަތައް ހުންނަ ވާހަކަވެސް ބައެއް ފަހަރު އިވިގެންދެއެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑާއި އިންތިހާ ނުބައްދަލު ހާލަތްތަކެކެވެ. އަދި މިއީ އެކަމުގެ ސަަބަބުން ހިދުމަތް ލިބިގަނެ މުދާ ބަލައިގަންނަ ފަރާތްތަކުގެ ސިއްހަތަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮތްކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: