ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރޯން އުދުއްސުމަށް ވެސް ދިވެހި ސިފައިން ނޫން ބަޔަލު ހަރަކާތެރިއެއް ނުވާނެ: ރައީސް

ރައީސް މުއިއްޒު: ފޮޓޯ/ ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭރުގެ ސިފައިން ބޭއްތިއްބުމުގެ ސިޔާސަތެއް ނުގެންގުޅުށްވާ ކަމަށާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވައިގެ ސިފައިން ބޭނުން ކުރާ ޑްރޯން އުދުއްސުމުގައި ވެސް ދިވެހި ސިފައިން ނޫން ބަޔަކު ހަރަކާތްތެރި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ ” ރައީސްގެ ޖަވާބު” ޕްރޮގުރާމުގެ ތެރެއިން އާންމު ރައްޔިތަކު ކުރި ސުވާލަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރީގައި އެހެން ޤައުމެއްގެ ސިފައިން ގެނެސްގެން ބެލެހެއްޓި ނަމަވެސް މިހާރު އެކަން ނިމުމަކަށް އައިސްފައި ވާކަން ފާހަގަކުރައްވާ ޑްރޯންތައް ހިންގުމަށް ބޭރުގެ އެއްވެސް ޤައުމެއްގެ އެހީތެރިކަން ބޭނުންވާނެތޯ ސުވާލުކުރިއެވެ. އަދި 100 ޕަސެންޓް ދިވެހިން އެކަމުގައި ޝާމިލްވާނެތޯ އޭނާވަނީ ސުވާލު އުފައްދާފައެވެ.

ސިފައިންގެ އެއާކޯގެ ސާރވިސްގައިވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް ދުއްވުމުގައި ބޭރުގެ ސިފައިން ނުތިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޔޫއޭވީތައް ދިވެހި ސިފައިން ހިންގަމުން ދަނީ ރާއްޖޭގެ ސިފައިން ތުރުކީއަށް ގޮސް ތަމްރީނު ލިބުމަށްފަހުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތަމްރީނު ޕްރޮގުރާމްތައް މިހާރުވެސް ކުރިއަށް ދާކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ އިތުރު ބެޗްތައް ތަމްރީނުގެ ޕްރޮގުރާމްތަކަށް ދާނެ ކަމަށް ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި އެ ޑްރޯންތައް އުދުހުމުގައި ދިވެހި ސިފައިން މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: