ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި!

އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ޑުބާއީގައި ހުންނަވާ މީޑީއާތަކާއި ބައްދަލު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނުބަޔާނެއްގައި ބުނެފައިވަނީ އެ ހުއްދަ ދީފައިވަނީ އެސްއީޒެޑްގެ ބޯޑު އޮފް އިންވެސްޓްމެންޓު ޖަލްސާގައި ކަމަށެވެެ. އެ ޕްރޮޖެކްޓް ހަވާލުކުރީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނަށް ކަމަށް ވާއިރު އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑެވެ.

އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވާ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުންނަމަ އެއީ 110 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމުގެ ޕްރޮޕޯސަލެވެ. އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ވަނ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: