ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފަށައިފި

ރާއްޖެއާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުކެނޑުމަކަށް ފަހު މޯލްޑިވިއަނުން އަނެއްކާވެސް ލަނކާއާއި ރާއްޖެއާއި ދެމެދު ދަތުރުތަށް ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީނާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް މި ދަތުރުތައް ރަސްމީކޮށް ވަނީ ފައްޓަވާ ދެއްވާފައެވެ. މި ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ ވެލާނާ އެއާޕޯޓުން ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަމަލް އެއާޕޯޓަށެވެ.

ދަތުރުތައ ކުރުން ފެށިގެން ދާނީ ގިނަ ލުއިތަކަކާއި ފަސޭހަތަކަކާއި އެކުކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަފްތާ ބަނދުތަކުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް، މިހާރު ލުއި ފަސޭހަކަމާއެކު ދަތުރު ކުރެވޭނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ލަންކާއަކީ ދިވެހިން ބޭސް ފަރުވާއަށް ދިއުން އާންމުވެފައިވާ ތަނަކަށް ވާއިރު ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކޮަންމެ ހަފްތާއަކު ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަަހު ދަތުރުކުރުމަށް މޯލްޑިވިއަންގެ ފަރާތުން ވަނީ އިންތިޒާމު ކޮށްފައެވެ.

ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް ކަނެކްޝަން ފަސޭހައިން ލިބޭނެކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: