ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ކާރުޚާނާތަކާއެކު އަހަރަކު 80،000 ޓަނުގެ މަސް ބަންދުކުރެވޭނެ!

ފެލިވަރުގައި މަސް ޕްރޮސެސިންގެ މަސައްކަތް ކުރިޔަށް ދާ ގޮތް ނޫސްވެރިންނަށް ދައްކާލުމުގެ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސް ބަންދުކުރުމަށް އަލަށް ގާއިމު ކުރާ ކާރުހާނާތަކާއި އެކު އަހަރަކު 80،000 ޓަނުގެ މަސް ޕްރޮސަސްކުރެވޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފި އެވެ.

މި މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންފެންގް އިލެކްޓްރިކް ކުންފުންޏާއި އެކު ދާދިފަހުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ރާއްޖޭގައި މިހާރު މަސް ދަޅު ބަންދުކުރާނީ ދެ ތަނަކުންނެވެ. އެއީ ފެލިވަރު މަސް ބަންދުކުރާ ކާރުޚާނާއާއި ލ. މާންދޫގައި ހުންނަ ފެސިލިޓީއެވެ. ރާއްޖޭގައި އަހަރަކު 128،000 ޓަނުގެ މަސް ބާނާއިރު، އަހަރަކު ބަންދުކުރެވެނީ 32،000 ޓަނުގެ ކަޅުބިލަ މަހެވެ. ނަމަވެސް އައު ކާރުޚާނާތަކާއެކު އެޢަދަދު 80،000 ޓަނަށް އަތުރުވެގެން ދާނެ އެވެ.

މި ފެސިލިޓީތަށް ވެގެން ދާނީ ރާއްޖޭގެ އިޤްތިސޯދުއަށް ވަރަށް ބޮޑަށް ލިބޭ ކުރިއެރުމަކަށެވެ. އެގޮތުން އައު ފެސެލިޓީތަށް ނުމުމުން އަހަރަކު 187 މިލިއަން ޑޮލަރުގެ އާމްނުދަނީ ލިބިގެން ދާނެކަން ފާހަގަކުރެވެ އެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ސަރުކާރުންވަނީ ގިން މަޝްރޫއުތަށް ކުރިއަށް ގެންދެވުމަށް ނިންމާފައެވެ.

އެގޮތުން ދިވެހި މަސްވެރިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކާ “ރަސްއައިނު”ގެ ނަމުގައި ދިވެހި ސިފައިންގެ ޚިދުމަތުން އެޕްލިކޭޝަނެއްވެސް ވަނީ މީގެ އެއްމަސް ކުރިން ތައާރަފްކޮށްފައެވެ.

މަސް ބަންދުކުރުމަށް އަލަށް ޤާއިމްކުރާ ކާރުޙާނާތަށް އެޅުމުގެ މަސައްކަތް ނިމޭނީ 2025 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: