ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަޖިލިސް ސުޕަ މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނުނަގާނެ: ޝިޔާމް

މަޖިލިހުގެ މެޖޯރިޓީ ލިބުނަސް އޭގެ ނާޖާއިޒް ފައިދާ ނުނަގާނެ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބިފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ނަމަހަމަ ގޮތުގައި ހިފައި، ނާޖާއިޒް ފައިދާ ނުނަގާނެކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ވަނީ ސުޕަ މެޖޯރިޓީއާއި އެކު 70 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރެވިފަ އެވެ. ސަރުކާރުގެ ތާއީދު ލިބިގެން ބައެއް ކެންޑިޑޭޓުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރިއިރު، ގޮނޑި ކާމިޔާބު ކުރި 11 ކެންޑިޑޭޓުންގެ ތެރެއިން 06 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބޭނުން ވަނީ މަޖިލިސް މެޖޯރިޓީކަމަށާއި، ދިވެހިންގެ ރާއްޖެ މެނިފެސްޓޯ ތަންފީޒު ކުރެވޭނީ އެ ސިޔާސަތުތަކަށް އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީހުގައި ތިބެގެންކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އިންތިހާބުގައި ލިބުނު މި މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައި ވެއެވެ.

އައު ދައުރަކަށް އިންތިހާބުވި މެމްބަރުންނާއި އެކު ސަރުކާރުގެ މަސައްކަތުގެ މިސްރާބާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މިދިޔަ ފަސް މަހު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރަމުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަޖިލިހުގެ ސުޕަ މެޖޯރިޓީއާއި އެކު ވެސް ރަށްޔިތުންނަށް ޙިދުމަތް ކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ފެނިގެން ދާނީ އަންނަ މަޖިލިހުގެ ދައުރުގައި އެ މަންޒަރު ތަކުރާރު ނުވެ، މައިނޯރިޓީއަށް އިޙްތިރާމް ކުރާ މަންޒަރު ކަމަށެވެ.

19 ވަނަ މަޖިލިހުގެ ދައުރުގައި މައިނޯރިޓީގެ މަދު މެންބަރުން ކޮޅެއް ތިބެ ބިލެއް ހުށައެޅުމުން، އެ މަޝްރޫއަށް ވާހަކަ ދައްކަން ފެށުމުން އަޑުގަދަކޮށް ނިޒާމީ ނުކުތާތައް ނަގައި ބަހުސް ކުރުމަށް ހުރަސް އަޅަމުން ގެންދިޔަކަން ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝިޔާމް ވިދާޅުވި އެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށިއިރު ވަރަށް އުނދަގޫ.. ވަރަށް މަދު މެންބަރުންކޮޅެއް އަޅުގަނޑުމެންގެ ތިބީ.. އަޅުގަނޑުމެން ބިލަކަށްވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ… ފުރައްސާރަ ކުރާ މަންޒަރު ފެނިގެންދިޔައީ… އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން.. އަޅުގަނޑުމެން މި ޔަގީންކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ

ޝިޔާމް ވިދާޅުވީ ރަށްޔިތުން ސަރުކާރަށް 20 ވަނަ މަޖިލިހުގެ މެޖީރިޓީ ދިނީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަށް ފުއްދެވުމަށް އެއްބާރު ދިނުމަށް ކަމަށެވެ. އަދި މައިނޯރިޓީއަށް އިހުތިރާމް ކުރާ މަންޒަރު ރައްޔިތުންނަށް ފެނިގެން ދާނެކަމަށް ޝިޔާމް ވިދާޅު ވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: