ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް ވަޒީރަކާ ބޭނުން ސުވާލެއް ކުރެވޭ ”އަހާ“ ފޯރަމް ހޯމަ ދުވަހު!

އިކޮނޮމިކް މިނިސްޓަރު ސައީދު އާއި ކޮންސްްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު "އަހާ ފޯރަމް"ގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ”އަހާ“ ފޯރަމްގެ ތިން ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

”އަހާ“ ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީ މަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތުދީ، ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފަ އެވެ. އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން އިއުލާނު ކުރެއްވީ ރައީސެވެ. އަދި ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައި ވެއެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސާއި ވަޒީރުން ވަގުތުން ޖަވާބު ދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ފަހަރެވެ. މި ސިލްސިލާގައި ކުރިޔަށް ގެންދިޔަ ދެ ފޯރަމަށް ވެސް އާންމުގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ހޯމަ ދުވަހުގެ ފޯރަމްގައި ފަސް ވަޒީރަކު ބައިވެރިވާއިރު އެއީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނާއި، ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އަދި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. ބައްދަލުވުން އޮންނާނީ ހޯމަ ދުވަހުގެ ރޭ 08:30 ގައި ސަލްޓަން ޕާކުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުހުން ބުނީ، ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު އަބަދުވެސް މަސައްކަތް ކުރައްވައި، އެކަމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެގޮތުން ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރު ކުރައްވާފަ އެވެ.

މީގެއިތުރުން ސިލްސިލާ ގޮތެއްގައި ”ރައީސްގެ ޖަވާބު“ ގެ ނަމުގައި ހާއްސަ ސެގްމެންޓެއް ތައާރަފުކޮށް ސިލްސިލާކޮށް ވީޑިއޯއެއް އާންމު ކުރަމުންނެވެ. މި ވީޑިއޯގައި އާންމު ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް، ދެއްވާ ޖަވާބު ރައީސް އޮފީހުން އާންމު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: