ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ ގަމާއި، ފޮނަދޫ ސިޓީއަކަށް މި ސަރުކާރުން ހަދާނެ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ ގަމާއި، ފޮނަދޫ ސިޓީއަކަށް ހައްދަވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.

ފައިސަލް މިފަދައިން ވިދާޅުވީ މަޖިލީސް އިންތިހާބުގައި ޕީއެންސީއަށް ލިބުން ކާމިޔާބީ ފާހަގަކުރުމަށް ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ، އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން އަދި ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަންކަމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެ ތަނުގައި ބާއްވާނީ މޭޔަރުކަމުގެ އިންތިޚާބުކަމަށާއި، ސިޓީއެއްގެ ދަރަޖައަށް ތަން ބަދަލު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު.

ފައިސަލް ވިދާޅުވިއެވެ.

ފުރިހަމައަށް ތަރައްގީވެފައިވާ ސިޓީއަކަށް ހައްދަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެވަޑައިގެން ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަންވެސް ފައިސަލް އެރުއްވިއެވެ. އެގޮތުން ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި، އޭގެ އިތުރުން ބޭނުންވާ ކަންކަންވެސް ފަހިކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވަނީ މަޖިލީސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރައްވާފައެވެ. ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށް ފާހަގަކޮށް ފައިސަލް ވިދާޅުވީ، މިއީ ރައީސް މުއިއްޒުގެ ބުރަ މަސައްކަތްތަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: