ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެކިއުރިޓީ ޕްރޮޓޮކޯލުން ނޫސްވެރިންނަށް ޕްރެސްގައި ފޯނު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސި: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި، ނޫސްވެރިންނަށް ކޮންފުރެސް ރޫމް ތެރޭގައި ނޫސްވެރިޔާގެ ފޯނު ބޭނުން ކުރެވޭނެކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހަށް ބައްދަލުވުންތަކަށް އަންނަ ބޭފުޅުންގެ ތެރެއިން މިނިސްޓަރުން އެކަނި އިސްތިސްނާ ވާ ގޮތަށް ފޯނު ނުވެއްދޭ ގޮތަށް ބަދަލު ގެނައިކަން ގިނަ މީޑިއާތަކުގެ ސަމާލުކަމަށް އައީ މިއަދު އެވެ. ޕްރޮޓޯލް ސަބަބުތަކާއި ހުރެ ފޯނު ނުވެއްދޭނެކަމަށް އެންގުމަށް ފަހު އެ ނިންމުމަށް ބަދަލު ގެނެސް ނޫސްވެރިން ޕްރެސްގައި ބައިވެރިވީ ފޯނާއި އެކު އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެއީ ހަމައެކަނި ނޫސްވެރިންނަށް އަމަލު ކުރަމުން އައި ގޮތެއް ނޫންކަމަށާއި، އުސޫލުގައި އޮތީ ތަނުގެ މުވައްޒަފުން ނޫން އެހެން ބަޔަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމެވެ.

މިއަދު ހިނގި ކަންތަކަށް ފަހު ރައީސް އޮފީހުން ބުނީ ނޫސްވެރިންނަށް ބައަދަލުވުންތަކުގައި ފޯނު ބޭނުން ކުރެވޭނެ އިންތިޒާމު ސެކުރިޓީ ޕްރޮޓޮކޯލުން ހަމަޖެއްސި ކަމަށެވެ. އަދި ނޫސްވރިންގެ މަސައްކަތްތަކަށް ފަސޭހަވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސައި ދެއްވާނެކަމަށާއި އަދި ނޫސްވެރިން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބިގެން ދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިގެނައި ބަދަލުގައި ރައީސް އޮފީހަށް އެކި މުވައްސަސާތަކާއި އިދާރާތަކުގެ އިސްވެރިން ވެސް ބައްދަލުވުންތަކުގައި ބައިވެރިވާން ޖެހެނީ ފޯނާއި ނުލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: