ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުން، އަންހެނުނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ފަސޭހަވާނެ: ސާޖިދާ

އަންހެން ފުލުހުންގެ ދައުރު މުހިންމު: މެޑަމް ސާޖިދާ
ޝެއާރކޮށްލާ ކަހަލަދޯ؟

މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުން އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދަން ފަސޭހަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބުކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ” ގެ ދެވަނަ ދައުރު އިފުތިތާޙުކޮދުމަށް ބޭއްވި  ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި އަދި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރަކީ ވަރަށް ބޮޑަށް މުހިންމު ދައުރެއް ކަމަށެވެ.

ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި، އަދި އަންހެނުންގެ ބާރު ހަރުދަނާކުރުމާއި އަންހެނުންގެ ދައުރު ފުޅާވެއްޖެނަމަ އެކަމުގެ ނަތިއްޖާ ރަނގަޅު ވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލެއްވި ފޮތް ‘މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ’ “ސްޕެޝަލް އިނައުގުރަލް އިޝޫ” އެކަމަނާވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

ސާޖިދާ ވިދާޅުވީ އަންހެނުގެ ހުނަރާއި ޤާބިލުކަން މުޖުތަމައުގައި އިތުރުވުމުން، އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެހެން ކަމުން ކަންކަން ކަމުގައި އެންހެނުން ބާރުވެރި ކުރުވަން ޖެހޭކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: