ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދޫކޮށްފައިވާ ބިންތައް، އަމިއްލަ ބިންތަކަށް ހަދައިދޭން ގޮވާލައިފި

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތައް، އަމިއްލަ ބިންތަކަށް ހަދައިދިނުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

އިބްރާހީމް ރަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ބިމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. މިއީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ބިލެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި، ޑިވެލޮޕަރުންނާއި ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި، އެފަދަ މަޝްރޫއުތައް ހިންގުމުގެ ޒިންމާތައް ބަޔާންކުރުން މި ބިލުގައި ހިމެނޭކަން އިބްރާހީމް ރަޝީދު ފާހަގަކުރެއްވިއެވެ.

މަޝްރޫއުތައް ހަވާލުކުރި ނަމަވެސް، ކުރިއަށް ނުދާކަމަށް ފާހަގަކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ ފައިސާކޮޅު އެހެން ގޮތަކުން މަކަރާއި ހީލަތުން ބޭނުންކޮށްގެން ގިނަ މީހުން ފިލާކަމަށެވެ. މިކަމުގެ ހައްލު ބިލުގައި އެބައޮތްކަމަށް ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުގެ އެދޭ ފައިސާ ވަކި އެކްސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށްފަހު ހަމައެކަނި އެ މަޝްރޫތަކަށް އެފައިސާ ހަރަދުކުރެވޭ ގޮތަށް ބިލުގައިވާކަން ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނަމުގައި ހުންނަ ބިންތައް، އަމިއްލަ ބިންތަކަށް ހަދައިފިނަމަ އެކަމުގެ ފައިދާ ގައުމުގެ އިގްތިސާދަށް ކުރާނެކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ބަންޑާރަ އޭ ކިޔާފަ އޮންނަނީ ނަމެއްގަ. އެބިންތައް ޕްރައިވެޓް ލޭންޑުތަކަށް އަމިއްލަ ބިންތަކަށް ބަދަލުކުރަަންޖެހޭ. 10 އިންސައްތަ ނުދެއްކިގެން އެބިން ބާއްވަން ޖެހޭނީ ނުހެދިފަ ދުނިޔެ އުމުރަށް، މުސްކުޅިވާއިރުވެސް.

އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރޭގަނޑު ކޮމިޓީ ބާއްވައިގެން ނަމަވެސް، ބިމާ ބެހޭ ބިލާއި، ރިއަލް އެސްޓޭޓް ބިލު ފާސް ކުރަން ޖެހޭކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: