ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީ.ސީ.ބީގެ ނައިބު ރައީސް ސިޔާސީ ކަންކަމުގައި އުޅުނު ކަމަށް ބުނާ މައްސަލަ އިތުރަށް ދިރާސާކުރަނީ

ޕީސީބީގެ ނައިބް ރައީސް މުހައްމަދު ފިރާޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު( ޕީސީބީ ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒު ސިޔާސީ މަސައްކަތުގައި އުޅުއްވާ ކަމަށް ކުރެވޭ ތުހުމަތު އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީޙުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ( އެސްއޯއީ) ކޮމެޓީން ނިންމައިފިއެވެ.

ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ޕީސީބީގެ ނައިބު ރައީސް ސިޔާސީ މަސައްކަތުގައި އުޅުއްވެވި ކަމަށް ތުހުމަތުކޮށްފައެވެ. އަފީފް އެސްއޯއީ ކޮމެޓީގެ ބައްދަލުމުގި ފާހަގަ ކުރެއްވީ ޕީސީބީގެ މެމްބަރުންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ހުއްދަ ލިބިގެންވާ ބައެއް ނޫން ކަމަށާއި އަދި ސިޔާސީ ޕާޓީއެއްގައި ހުރެއްޖެނަމަ އެ ގެއްލެނީ ނައިބު ރައީސްގެ ހުންނަންޖެހޭ ޝަރުތެއްކަމަށެވެ. އަދި ކުންފުނީގެ މަސައްކަތްތަކަށް ވުރެން އަމިއްލަ މަސައްކަތްތަކަށް އިސްކަންދެއްވި ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޕީސީބީ ހަރުދަނާ ނުކުރެވި ސަރުކާރުގެ ކުންފުނިތަށް ހިންގަން އަދި ރެގިއުލޭޓު ކުރަން އުނދަގޫވެގެން ދާނެކަން ފާހަގަކުރައްވިއެވެ. އެހެން ކަމުން ޕީސީބީގެ ނައިބު ރައީސް އެއްވެސް ސިޔާސީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރިތޯ ބަލާ، ސިޔާސީ ހަރަކާތެއްގައި މަސައްކަތް ކޮށްފައިވާނަމަ އެކަން ބެލުމަށް ކޮމެޓީއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު ވަނީ އައިޑީ ކާޑު ނަންބަރު ބޭނުންކޮށްގެން ބެލި ބެލުމުން ޕީސީބީގެ ނައިބް ރައީސް ސިޔާސީ ޕާޓީއެއްގައި ހުރިކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މެމްބަރުން ވިދާޅުވީ ޕީއެންސީގެ މެމްބަރެއް ގޮތުގައި 11 އޭޕްރީލު 2023 ގައި ރެޖިސްޓާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެޓީގެ މަޝްވަރާއަށް ފަހު އިތުރަށް ދިރާސާކުރަން ނިންމެވި ކަަންކަމަކީ، ޕީސީބީގެ ނައިބު ރައީސް ޕާޓީއެއްގައި ހިމެނިވަޑައިގެންފައި ވާނަމަ އިލެކްޝަން ކޮމިޝަން މެދުވެރިކޮށް އެ ޕާޓީން އެންމެ ފަހުން ވަކިވި ތާރީހު ބެލުމަށް ނިންމާފައެވެ. އަދި ސިޔާސީ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރި ވެފައިވޭތޯ ބެލުމާއި، ސިޔާސީ ހަރަކާތުގައި އަމިއްލަ ގޮތުން ބައިވެރި ވެފައިވޭތޯ ބެލުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: