ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު 8 ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރުހުން ދީފި

ސަފީރުކަމަށް އައްޔަނުކުރެއްވުމަށް ނިންމި 3 ބޭފުޅެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 8 ގައުމަކަށް އައްޔަންކުރެއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

8 ސަފީރުނަނަށް ރުހުން ދިނުމަށް ނިންމާފައި މިވަނީ، މި މައްސަލަ މަޖިލީހަށް ފޮނުވާފައިވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ކޮމިޓީން ރުހުން ދިން 8 ބޭފުޅުންނަކީ:

1. ޔޫއޭއީ – މުހައްމަދު ހުސެއިން ޝަރީފް (މުންދު)

2. އިނގިރޭސިވިލާތް – އިރުތިޝާމް އާދަމް

3. އދ. – އަލީ ނަސީރު މުހައްމަދު (އަލިނީ)

4. ސްރީ ލަންކާ – މަސްއޫދު އިމާދު

5. މެލޭޝިއާ – މަރިޔަމް ޝަބީނާ އަހުމަދު

6. ބެލްޖިއަމް އާއި އީޔޫ – ގީލާ އަލީ

7. ސިންގަޕޫރު – މުހައްމަދު ލުވެއިޒު

8. ޖެނީވާ – ޑރ. ސަލްމާ ރަޝީދު

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ މުހައްމަދު ހުސެއިން ޝަރީފް ވަނީ މީގެކުރިން ޖަޕާންގެ ސަފީރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަރީފް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އިރުތިޝާމް އާދަމަކީ ކުރީގެ ޔޫތު މިނިސްޓަރެވެ. މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ގީލާއަކީ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޑރ. ސަލްމާއަކީ ނިމުނު މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: