ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުމަހުގެ މަސްވެރިކަމަށް ދޫކުރާ ލޯނު މާދަމައަށް ހަމަވަނީ!

ފަރުމަހުގެ މަސްވެރިކަމަށް ދޫކުރާ ލޯނު މާދަމާ ހަމަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުމަހުގެ މަސްވެރިންނަށް ހުޅުވާލި ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހަފްތާ 14 މަގުޗާޓުގައި ހިމަނައިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އަދި ” އެކަސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 30 އޭޕްރީލް 2024 ގެ ނިޔަލަށް ލޯނަށް ހުށައެޅުމުގެ މުއްދަދު ހަމަވާނެކަމަށެވެ.

މަސްވެރި ކަމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް އޮތް އެއް ދާއިރާއަކަށް ވާއިރު ފަރުމަހުގެ މަސްވެރިކަމަށް ޙާއްސަ ކޮށްގެން މަސައްކަތްތަކެއް ހިނގުމަށް ހަފްތާ 14 މަގު ޗާޓުގައި ވަނީ ހިމަނާފައެވެ. މި ކަމުގެ މަގްސަދަކީ ފަރުމަހުގެ މަސްވެރިކަން ކުރި އެރުވުމާއި އަދި އެކަމުގެ ސަަބަބުން ރައްޔިތުންނަށް އެކަމުން ފައިދާ ތަކެއް ލިއްބައި ދިނުން ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ލޯނުއަށް ހުށައެޅުމަށް ވަނީ ހަތަރު ބައެއް ކަނޑައަޅާފައެވެ. އެއީ ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު އަލަށް ބަނުމަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމާއި އަދި ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި އިންޖީނު އެޅުމާއި ފަރުމަހުގެ މަސްވެރިކަމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށެވެ. މި ލޯނު ރަހުނަކާއި ނުލައި 7 ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެ ގޮތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ މަސްވެރިކަން ކުރިއެރުމުގެ ގޮތުން އެކި އެކި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އައިސް ޕްލާންޓް ފަދަ ތަންތައް އެޅުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: